ޚަބަރު

ގެއްލުނުކަމަށް ބުނެ ރައްޔިތުންނަށް އޮޅުވާލި ކަނޑުގެ ސަރަހައްދު ހޯދަން ދެން ދާން ޖެހޭނީ އިނގިރޭސީންނާއި ދެކޮޅަށް!

ދިޔަވަރު
ގެއްލުނުކަމަށް ބުނެ ރައްޔިތުންނަށް އޮޅުވާލި ކަނޑުގެ ސަރަހައްދު ހޯދަން ދެން ދާން ޖެހޭނީ އިނގިރޭސީންނާއި ދެކޮޅަށް!

ގެއްލުނުކަމަށް ބުނެ ރައްޔިތުންނަށް އޮޅުވާލި ކަނޑުގެ ސަރަހައްދު ހޯދަން ދެން ދާން ޖެހޭނީ އިނގިރޭސީންނާއި ދެކޮޅަށެވެ. ޗާގޯސްގެ މައްޗަށް މޮރިޝަސް އަށް ސިޔާދަތީ ބާރު އޮތް ކަމަށް ބައިނަލްއަގުވާމީ ކޯޓުތަކުންނާއި، އދ. ނިންމާފައިވަނި ކޮށް، އެނިންމުމާއި ދެކޮޅު ހަދައި، މޮރިޝަސް އަށް ޗާގޯސް ރަށްތައް ނުދިނުމަށް ޔޫކޭއިން ނިންމުމާއި ގުޅިގެން، ގެއްލުނުކަމަށް އެބުނާ ކަނޑުގެ ސަރަހައްދު ހޯދަން މުއިއްޒު ސަރުކާރުން ދާން ޖެހޭނީ، އިނގިރޭސި ވިލާތާއި ދެކޮޅަށެވެ.

ރާއްޖެއިން ކަނޑުން ބައެއް ގެއްލުނުކަމަށް ބުނެ، ރައްޔިތުންނަށް ދޮގު ހަދައި އޮޅުވާލައިގެން ވެރިކަމަށް އައިސް، މިހާތަނަށް ޗާގޯސް އާއި ގުޅޭގޮތުން އެ ގެއްލުނުކަމަށް ބުނާ ސަރަހައްދު ހޯދަން އެއްވެސް މަސައްކަތެއް މުއިއްޒު ކޮށްފައެއް ނުވެއެވެ.

އިނގިރޭސި ވިލާތުން، މޮރިޝަސް އަށް، ޗާގޯސްގެ ރަށްތައް ނުދޭން ނިންމީ، މޮރިޝަސް އާއި ޗައިނާއާއި ގާތް ގުޅުމެއް އޮންނަ ކަމަށް ބަލައި، އިންޑިޔާ ކަނޑުގައި ޗައިނާގެ ނުފޫޒު ގަދަވެދާނެތީއެވެ. އަދި އެއާ ބޭސްގެ މިހާރުގެ ހާލަތަށް ނުރައްކާވާ ފަދަ އެއްވެސް ކަމެއް އެމެރިކާއިން ބޭނުން ނުވާކަމަށް އިނގިރޭސިވިލާތުން ހާމަ ކުރިއެވެ.

އިޓްލޮސް އިން ރާއްޖެއަށް ދީފައިވާ ކަނޑުގެ ސަރަހައްދަކީ، މިހާރުވެސް ދިވެހިންނަށް ދެވޭ ސަރަހައްދެއް ނޫނެވެ. ރާއްޖޭގެ ސަރަހައްދުގެ ތެރޭގައި އެތަން ހިމެނުނަސް އިނގިރޭސީންގެ ބާރުގަ ދަށުގައި އޮތް ފޯޅަވަހި ހިމާޔަތް ކުރުމަށް، ތިބޭ ސެކިޔުރިޓީން އެހިސާބާއި ކައިރިއަކަށްވެސް ދިވެހިން ދިޔަކަ ނުދެއެވެ.

މޮރިޝަސް އަށް އެސަރަހައްދު ލިބުނު ނަމަ، އިޓްލޮސްއިން ރާއްޖެއަށް ދިން ވަރު ލިބުނީހެވެ. މިހާރު އިނގިރޭސީން އެތަން ދޫނުކުރަން ނިންމުމުން، ކުރިއެކޭ އެއްގޮތަށް، އެހިސާބާއި ކައިރިއަކަށްވެސް ދިވެހި ދޯނިފަހަރަށް ނުދެވޭނެއެވެ. މިކަމާއި އިނގިރޭސި ވިލާތާއި ވާހަކަ ދައްކައި، ރާއްޖޭގެ ބޯޑަރު ނިމޭ ހިސާބަށް ދިވެހިންނަށް މިނިވަންކަމާއި އެކު ދެވޭގޮތް ހެދުމަށް މުއިއްޒު މަސައްކަތް ކޮށްދޭން ޖެހޭނެއެވެ.