ޚަބަރު

ރައީސް ނަޝީދު ބޭނުންވާ ގޮތަށް ޑިމޮކްރެޓްސްގެ އިންތިހާބުގެ ނަތީޖާ ބަދަލުކޮށް އިއުލާން ކުރަން ނިންމައިފި!

ދިޔަވަރު
ރައީސް ނަޝީދު ބޭނުންވާ ގޮތަށް ޑިމޮކްރެޓްސްގެ އިންތިހާބުގެ ނަތީޖާ ބަދަލުކޮށް އިއުލާން ކުރަން ނިންމައިފި!

ދަ ޑިމޮކްރެޓްސްގެ ފުރަތަމަ އެތެރޭގެ އިންތިހާބުގެ ވޯޓުލުން އިއްޔެ ހަވީރު 16:00 ގައި ނިމިފައި ވީނަމަވެސް، އަދިވެސް ނަތީޖާ އިއުލާނު ކޮށްފައެއް ނުވެއެވެ. މި ނޫހަށް މައުލޫމާތު ލިބެމުންދާ ގޮތުގައި ރައީސް ނަޝީދު އުޅުއްވަނީ އެއްވެސް ކޮޅެއް ނުނަގާ ކަމަށް ޕާޓީގެ ފަރާތްތަކަށް ދެއްކުމުގައެވެ. ނަމަވެސް، ރައީސް ނަޝީދުގެ ތާޢީދު އޮތް ކެނޑިޑޭޓަކީ ހަސަން ލަތީފް ކަމުން، އިންތިހާބުން ހަސަން ލަތީފް ބަލިވެފައިވާތީ، ނަތީޖާ އިއުލާނު ނުކޮށް، ހެދޭނޭ ގޮތެއް ބެލުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ރައީސް ނަޝީދު، އެމަނިކުފާނުގެ އިހްލާސްތެރިން މެދުވެރިކޮށް ވޯޓު އޮޅުވާލުމަށް މަސައްކަތް ކުރާކަން ވަނީ އެނގިފައެވެ. މިކަމުގައި ނަޝީދުގެ އެންގުމަށް ބަޝީރު ކިޔާ މީހެއް މަސައްކަތް ކުރަމުންދާ ކަމަށްވެސް މައުލޫމާތު ވަނީ ލިބިފައެވެ.

ޑިމޮކްރެޓްސް ތެރޭ ތިބި ޒުވާނުން ތިބީ މިކަމާއި ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައިކަމަށްވެސް ދިޔަވަރު ނޫހަށް ވަނީ މައުލޫމާތު ލިބިފައެވެ. ވޯޓުގެ ނަތީޖާ އިއުލާން ކުރުން ލަސްވި ސަބަބުތައް އެއްވެސް ވަރަކަށް އެ ޕާޓީން ހާމަކޮށްފައި ނުވެ އެވެ.

ޑިމޮކްރެކްޓްސްގެ ފުރަތަމަ އެތެރޭގެ އިންތިހާބުގައި ވޯޓު ލާފައި ވަނީ ރައީސް، ނައިބް ރައީސް (އާންމު)، ނައިބް ރައީސް (އަންހެން)، ނައިބް ރައީސް (ޒުވާން)، ވިމެން ޑިމޮކްރެޓްސް ލީޑަރު، ވިމެން ޑިމޮކްރެޓްސް ޑެޕިއުޓީ ލީޑަރު، ޔަންގް ޑިމޮކްރެކްޓްސް ލީޑަރު އަދި ޔަންގް ޑިމޮކްރެޓްސް ޑެޕިއުޓީ ލީޑަރު ހޮވުމަށެވެ.

ޑިމޮކްރެޓިކް ޕާޓީ އުފައްދާފައިވަނީ، އެމްޑީޕީ އެތެރޭގެ އިންތިހާބުން ރައީސް ނަޝީދު ބަލިވުމުން، އެކަން ގަބޫލު ނުކޮށް، އެމްޑީޕީއަށް ވެރިކަމަށް އާދެވިދާނެތީ، އެގޮތް ހުއްޓުވުމަށެވެ.

ރައީސް ނަޝީދު ޑިމޮކްރެޓިކް ބޭފުޅެއް ގޮތަށް މީގެ ކުރިން މީހުންނަށް ފެނުނު ނަމަވެސް، މިހާރު ގިނަ ބަޔަކު ގަބޫލު ކުރަނީ ރައީސް ނަޝީދަކީ ޑިކެޓޭޓަރުންގެ ސިފަ ހުރި ބޭފުޅެއް ގޮތުގައެވެ.