ޚަބަރު

ވޯޓު އޮޅުވާލުމަށް ފަހު، ހަސަން ލަތީފް އަށް ޑިމޮކްރަޓްސްގެ ރައީސްކަން ދީފި!

ދިޔަވަރު
ވޯޓު އޮޅުވާލުމަށް ފަހު، ހަސަން ލަތީފް އަށް ޑިމޮކްރަޓްސްގެ ރައީސްކަން ދީފި!

އިއްޔެ ކުރިއަށްދިޔަ ދަ ޑިމޮކްރެޓްސްގެ ފުރަތަމަ އެތެރޭގެ އިންތިހާބުގެ ނަތީޖާ, އިންތިހާބަށް 24 ގަޑިއިރު ފަހުން އިއުލާނު ކުރިއިރު، އެ ޕާޓީގެ ރައީސަކަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި މިވަގުތު ޑިމޮކްރެޓްސްގެ އިންޓެރިމް ޗެއާޕާސަން ހަސަން ލަތީފު ހޮވިއްޖެ އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަތީޖާ އިއުލާނުކުރެއްވީ އެ ޕާޓީގެ ޕީޖީ ގްރޫޕު ލީޑަރު މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެވެ.

އޭނާ ވިދާޅުވި ގޮތުން ހަސަން ލަތީފު އިންތިހާބު ކާމިޔާބުކުރެއްވީ 1,704 ވޯޓެވެ. އޭނާއާ ވާދަކުރެއްވި، ނިމިދިޔަ ސަރުކާރުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި ހުސެއިން އަމްރުއަށް ލިބުނީ 1,300 ވޯޓެވެ. އަދި, 50 ބާތިލު ވޯޓުލާފައިވާ ކަމަށް ވެސް އާޒިމް ހާމަކުރެއްވި އެވެ.