ޚަބަރު

ރައީސް ތުރުކީއަށް ގޮސް މަޝްވަރާކުރީ މަހަށް ޑިޔުޓީ ކެނޑުމަށް! ނަމަވެސް އެއީ އީޔޫގެ ނިންމުމެއް! ތުރުކީއަށް ބާރު އޮތްކަމެއްވެސް ނޫން!

ދިޔަވަރު
ރައީސް ތުރުކީއަށް ގޮސް މަޝްވަރާކުރީ މަހަށް ޑިޔުޓީ ކެނޑުމަށް! ނަމަވެސް އެއީ އީޔޫގެ ނިންމުމެއް! ތުރުކީއަށް ބާރު އޮތްކަމެއްވެސް ނޫން!

ރާއްޖޭގެ މަހަށް ޑިޔުޓީ ނަގަނީ ޔޫރަޕިއަން ޔޫނިއަން އާއި، ޔޫކޭއިން ނެވެ. ތުރުކީ އަކީ އީޔޫގެ މެމްބަރ ގައުމެކެވެ. އިޔޫއިން ނިންމާ އެފަދަ ނިންމުންތަކަށް ތުރުކީއިން ބޯލަބަން ޖެހެއެވެ. އެހެންކަމުން ތުރުކީއަށް މަހަށް ނަގާ ޑިޔުޓީ ނުވަތަ ޓެކްސް މާފު ކުރުމުގެ ބާރެއް ނޯވެއެވެ.

ރައިސް ތުރުކީއަށް ވަޑައިގެން، އެ ގައުމަށް ރާއްޖެއަށް ފޮނުވާ މަހުގެ ބާވަތުން ޓެކްސް ފުރީ ކުރުމަށް މަސައްކަތް ކުރިއިރު، އެއީ މަސް އެކްސްޕޯޓް ކުރާ ނިސްބަތުން 1 ޕަސެންޓަސް ވުރެވެސް ކުޑަ އަދަދެކެވެ. ތުރުކީ އަށް ގޮސް މަހަށް ޑިޔުޓީ މާފު ކުރުމަށް ވާހަކަ ދެއްކެވި ކަމަށް ޑރ. މުއީޒް ވިދާޅުވެފައިވަނީ ރާއްޖެ ވަޑައިގެން ދެއްވި ޕްރެސްގައެވެ.

ރައީސް ތުރުކީ އަށް ދަތުރު ކުރީ، ސައުދީ ދަތުރު ކެންސަލް ކުރުމުން، އެކަމުގެ ލަދުން ސަލާމަތް ވާންވެގެން ކަމަށް އާންމުން ދަނީ ބުނަމުންނެވެ.