ޚަބަރު

އެމެރިކާގެ އެހީއާއި އެކު އިޒްރޭލުން ގަތުލުއާންމެއް ހިނގަމުން ދަނިކޮށް ރާއްޖެއިން އެމެރިކާއެކު ދިފާއީ ގުޅުން އިތުރަށް ވަރުގަދަކުރަން މަޝްވަރާކޮށްފި!

ދިޔަވަރު
އެމެރިކާގެ އެހީއާއި އެކު އިޒްރޭލުން ގަތުލުއާންމެއް ހިނގަމުން ދަނިކޮށް ރާއްޖެއިން އެމެރިކާއެކު ދިފާއީ ގުޅުން އިތުރަށް ވަރުގަދަކުރަން މަޝްވަރާކޮށްފި!

އެމެރިކާއާ ރާއްޖެއާ ދެމެދު އޮތް ދިފާއީ ގުޅުން އިތުރަށް ވަރުގަދަކުރަން އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރާއެކު މަޝްވަރާކޮށްފި އެވެ. އިއްޔެ އެކަނި 700 އާއި 1000 އާއި ދެމެދުގެ އަދަދަކަށް ފަލަސްތީނުގެ މުސްލިމުން އިޒްރޭލުން ވަނީ ޝަހީދު ކޮސްލާފައެވެ. އެމެރިކާއިން ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރަނީ، މެދުއިރުމައްޗަށް ބޮން އެޅުމަށް ދަތުރުކުރާ ވައިގެ އުޅަނދުތައް ފޯޅަވައްސަށް ގެންދިއުމަށާއި، ތެޔޮ އެޅުމަށެވެ. ފޯޅަވަހީގައި އެމެރިކާގެ މިލިޓަރީ ބޭސް އެއް ހުރެއެވެ.

އެމެރިކާގެ ސަފީރު ހުގޯ ޔޮން ވަނީ ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫނާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުލްރަހީމްއާ ބައްދަލުކުރައްވައިގަ އެވެ. އެ ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައި ވަނީ އާދިއްތަ ދުވަހު އެވެ.

ޑިފެންސް މިނިސްޓްރީގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓުގައި ބުނެފައިވަނީ ސަފީރާއެކު މިނިސްޓަރު ބޭއްވި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި މިހާރުވެސް އޮތް ވަރުގަދަ ދިފާއީ ގުޅުން އިތުރަށް ވަރުގަދަކުރަން މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ.

މިބައްދަލުވުމުގައި ވާހަކަ ދެކެވުނު ކަންކަމާއި ގުޅޭ މާބޮޑު ތަފުސީލެއް ހާމަކޮށްފައެއް ނުވެ އެވެ.