ޚަބަރު

ވަޒީފާއިން ވަކި ނުކުރާނެ ކަމަށް ބުނެ، ވެރިކަމަށް އައިސް، ފެނަކައިން 200 އަށް ވުރެ ގިނަ މުއައްޒަފުން ވަކިކުރަން މުއިއްޒު އަންގަވައިފި!

ދިޔަވަރު
ވަޒީފާއިން ވަކި ނުކުރާނެ ކަމަށް ބުނެ، ވެރިކަމަށް އައިސް، ފެނަކައިން 200 އަށް ވުރެ ގިނަ މުއައްޒަފުން ވަކިކުރަން މުއިއްޒު އަންގަވައިފި!

ސިޔާސީ ނޫން ވަޒީފާތަކުން އާންމު ވަކި ނުކުރައްވާނެ ކަމަށް ވިދާޅުވެ ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ކެމްޕޭނުގައި ކުރެއްވި ވައުދާ ހިލާފަށް ފެނަކަ ކޯޕަރޭޝަނުން މުވައްޒަފުން ވަކިކުރަން ފަށައިފިއެވެ. މިހާތަނަށް 59 މުއައްސަފުން ވަކި ކޮށްފައިވާއިރު ޖުމްލް 200 އަށް ވުރެ ގިނަ މީހުންގެ ލިސްޓެއް ވަނީ މުއިއްޒު އެޕްރޫވް ކޮށްފައި ކަމަށް ފެނަކައިގެ، އިސް މުއައްޒަފަކު ނަން ނުޖެހުމަށް އެދި މައުލޫމާތު ދެއްވިއެވެ.

މުއިއްޒުގެ ގާތް މީހުންނަށާއި، އިންތިހާބު ކާމިޔާބުކުރަން މަސައްކަތް ކޮށްދެއްވި ފަރާތްތަކުގެ އާއިލީ މެންބަރުންނަށް ބޮޑެތި ވަޒީފާ ތައް ދީފައި ބަދަލުގައި ވަޒީފާއިން ވަކިކުރަމުން ދަނީ އާދައިގެ، ކުޑަ މުސާރު ލިބޭ އާންމު ރައްޔިތުންނެވެ.

ރިޔާސީ ކެމްޕޭނުގެ ތެރެއިން، އޮގަސްޓު 15 ގައި ހއ. ދިއްދޫގައި ހުންނަވާ ރައީސް މުއިއްޒު ވިދާޅުވީ ސިޔާސީ ބޭނުމެއްގައި ނަމަވެސް އާންމު ރައްޔިތުންނަށް ދީފައިވާ ވަޒީފާތައް އަތުނުލައްވާނެ ކަމަށެވެ.

"މުޅި ސަރުކާރުގެ ނިޒާމުގެ ތެރެއިން އެ މީހަކަށް ވަޒީފާ މިހާރު ލިބިފައިވާ ނަމަ އެ ވަޒީފާއެއް އެ ލިބުނު މުސާރައެއްގައި ލިބޭނެ ގޮތަށް ސަރުކާރުގެ ނިޒާމުގެ ތެރެއިން ކޮންމެވެސް ހިސާބަކުން އެ ވަޒީފާގެ ޔަގީންކަން އަޅުގަނޑު ދެމޭ، އިރާދަކުރެއްވިއްޔާ އެއްވެސް މީހަކު ބާކީއެއް ނުވާނެ، ވަޒީފާއަކުން ވަތްކެއް ނުކުރާނަން،" އެ ރޭ މުއިއްޒު ވިދާޅުވި އެވެ.