ޚަބަރު

އެފްއެސްއެމްގެ ޑީއެމްޑީ އަކަށް މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ކުށުގައި ހައްޔަރުކުރި ޝުއާއުﷲ މުއިއްޒު ހަމަޖައްސައިފި

ދިޔަވަރު
އެފްއެސްއެމްގެ ޑީއެމްޑީ އަކަށް މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ކުށުގައި ހައްޔަރުކުރި ޝުއާއުﷲ މުއިއްޒު ހަމަޖައްސައިފި

ފިއުލް ސަޕްލައި މޯލްޑިވްސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް, މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ކުށުގައި ހައްޔަރުކުރި ޝުއާއުﷲ ސައީދު ހަމަޖައްސަވައިފި އެވެ.

ޝުއާއުﷲ ސައީދު އެ މަގާމު ހަމަޖެއްސުމުން އެފްއެސްއެމުން ވަނީ އޭނާއަށް މަރުހަބާ ކިޔައި އެކްސްގައި ޕޯސްޓެއް ވެސް ކޮށްފަ އެވެ.

މަސްތުވާތަކެތީގެ ކުށުގައި ޝުއާއުﷲ ހައްޔަރުކޮށްފައިވަނީ ގއ. ވިލިގިއްޔަށް "ކޮލަމާ" ބޯޓުން މަސްތުވާތަކެތި ގެންދަނިކޮށެވެ. ޝުއާއުﷲ އަކީ ބޯޓުގެ ކެޕްޓަނެވެ. މަސްތުވާތަކެތި ބަހައްޓާފައިވަނީ ހަމަ އެކަނި ކެޕްޓަނަށް ވަދެވޭ ގޮތަށް ހުންނަ، ކެޕްޓަންގެ ރޫމުގައެވެ. އޭނާގެ ރޫމުން 20 ބްލެޓާއި، 3 ފޮށި ނައިޓް ރެޒީފަމް ފެނިފައިވެއެވެ.

ޝުއާއުﷲ އަކީ އެއްވެސް ތައުލީމެއް އުނގެނިގެން ހުންނެވި މީހެއް ނޫނެވެ. ނަމަވެސް ޕީޕީއެމް ކޮންމެ ސަރުކާރެއްގައިވެސް ވަޒީފާ ދޭ ފަރާތެކެވެ.