ޚަބަރު

"އޭ މިހިރަ އަލަމާރިއާ" އިސްތިހާރު ޝެއާ ކުރި މުވައްޒަފުގެ މައްސަލަ މުއިއްޒު އަންގައިގެން ޕީއެސްއެމްއިން ބަލައި، ފިޔަވަޅު އަޅަނީ

ދިޔަވަރު
"އޭ މިހިރަ އަލަމާރިއާ" އިސްތިހާރު ޝެއާ ކުރި މުވައްޒަފުގެ މައްސަލަ މުއިއްޒު އަންގައިގެން ޕީއެސްއެމްއިން ބަލައި، ފިޔަވަޅު އަޅަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިފުތިތާހީ ތަގުރީރުގައި ދިވެހި ދިދައާ މުހާތަބުކޮށް ދެއްކެވި ވާހަކަތަކާ ގުޅުވައި ހަދާފައި އިން އިސްތިހާރެއް ސޯޝަލް މީޑިއާގައި ޝެއާ ކުރި މުވައްޒަފެއްގެ މައްސަލަ ޕަބްލިކް ސާވިސް މީޑިއާއިން ބަލަން ފަށައިފި އެވެ.

ދިޔަވަރަށް އެނގިފައިވާ ޕީއެސްއެމްއިން ބަލަނީ ޕީއެސްއެމްގައި މަސައްކަތް ކުރާ ޕްރޮޑިއުސަރެއްގެ މައްސަލަ އެވެ. އޭނާ ޝެއާ ކުރީ، ނޮވެމްބަރު 17، ގައި ރައީސް ދެއްވި ތަގުރީރުގައި "އޭ ދިވެހީންގެ ފަހުރުވެރި ގައުމީ ދިވެހި ދިދަޔާ" އޭ ވިދާޅުވެފައިވާތީ، "އޭ މިހިރަ އަލަމާރިއާއެވެ" ބުނެ ހަދާފައިވާ އިސްތިހާރެކެވެ.

އެ މައްސަލައިގައި އޭނާ ހާޒިރުކޮށް ބަޔާނެއް ނަގާފައިވާކަން މި ނޫހަށް އެނގިފައިވެ އެވެ. ނަމަވެސް ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރުއާ ސުވާލު ކުރުމުން ވިދާޅުވީ އެފަދަ މައްސަލައެއް ބަލަމުންދާކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ޕީއެސްއެމްއާއި ހަވާލުވެ، ޒީނާ ވަނީ ޕީއެސްއެމްގައި ވަކި ފަރާތަކަށް ނުޖެހި މަސައްކަތް ކުރި، މީހުންނާއި މެދު އަނިޔާވެރިކޮށް އަމަލު ކުރަން ފަށައިފައެވެ.