އިންޑިޔާ ސިފައިން ރާއްޖޭގައި ތިބި އަދަދަކީ 77 ކަމަށް ސަރުކާރުން ބުނުމަށްފަހު، މީގެ 2 ދެދުވަސް ކުރިން ޔޫއޭއީ އިން ވަޑައިގެން އެއަރޕޯޓްގައި ދެއްވި އިންޓަވިއުގައި އެއަދަދު ރަނގަޅު ނޫންކަމަށް ދޭހަވާ ގޮތަށް ވާހަކަ ދެއްކުމަށްފަހު އެ އަދަދު ބަލައި ހާމަ ކުރާނެ ކަމަށް ބުނުމުން، ނޫސްވެރިން އެ އަދަދާއި ގުޅޭ ގޮތުން މިހާރު ރައީސް އޮފީހުން ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލު ކޮށްފިއެވެ.
މީގެ އިތުރުން 100 އަށް ވުރެ ގިނަ އެއްބަސްވުން އިންޑިޔާއާއި އެކު، ކުރީ ސަރުކާރުން ހަދާފައިވާ ކަމަށް ފިރުޒުލް ނޫސްވެރިންނަށް ދަންނަވާފައި ވާ ކަމަށާއި، މިހާރު 3 ހަފްތާވެގެން ދިޔައިރު އެ އެއްބަސްވުންތައް ބަލާފައި ވޭތޯއާއި، އޭގައި ރާއްޖޭގެ ސަލާމަތާއި އިސްތިޤްލާލަށް ބުރޫ އަރާ އެއްވެސް ކަމެއް އޮތްތޯ ސުވާލު ކުރެއްވިއެވެ.
މުއިއްޒު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން މޮރިޝަސް އަށް ރައީސް ސޯލިހް ފޮނުވި ސިޓީގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ބޮޑުބައެއް ގެއްލުނު ކަމަށް ބުނެފައިވެއެވެ. އަދި އެ ސިޓީ ހާމަ ކުރާނެ ކަމަށް ބުނެފައިވާ އިރު، ކޮން އިރަކުތޯ ހާމަކުރާނީ ނޫސްވެރިން ވަނީ ނޫސްވެރިން ވަނީ އެސުވާލު ވެސް ކޮށްފައެވެ.
މުއިއްޒުވަނީ މި ސުވާލަކަށް ޖަވާބު ދިނުމަށް އިންކާރުކޮށް، ސުވާލުތައް މިއަދާއި ގުޅުމެއް ނެތްކަމަށް ބުނެ، ޖަވާބު ނުދީ ދޫކޮށްލާފައެވެ.
މުއިއްޒު ވެރިކަމަށް އައީ ދޮގާއި މަކަރާއި ހީލަތުންނެވެ. ރާއްޖޭގައި އެތައް ސަތޭކަ ނުވަތަ އެތައް ހާސް އިންޑިޔާ ސިފައިން ތިބިކަމަށް ބުނެ އޮޅުވާލައިގެންނެވެ. ހަތިޔާރު އެޅި ސިފައިން ތިބި ކަމަށްވެސް ބުނެގެންނެވެ. ދެން އައީ ރައީސް ޔާމީނު ޖަލުން މިނިވަން ކޮށްދޭނެކަމަށް ބުނެގެނެނެވެ. ނަމަވެސް، މުއިއްޒު ވަނީ ޔާމީނާއި ވާހަކަ ދެއްކުން ހުއްޓާލައި ހުރިހާ ގުޅުމެއް ކަނޑާލާފައެވެ.