ޚަބަރު

ޔާމީނަށް ހުކުމް ކުރި ފަނޑިޔާރުގެ ކޮއްކޮއަށް ބޮޑު ވަޒީފާއެއް މުއިއްޒު ދީފި!

ދިޔަވަރު
ޔާމީނަށް ހުކުމް ކުރި ފަނޑިޔާރުގެ ކޮއްކޮއަށް ބޮޑު ވަޒީފާއެއް މުއިއްޒު ދީފި!

ޔާމީނަށް ހުކުމް ކުރި ފަނޑިޔާރު ޝަކީލުގެ ކޮއްކޮ އާލިމް ޝަކީލަށް މުއިއްޒު ބޮޑު ވަޒީފާއެއް ހަމަޖައްސަ ދީފިއެވެ. ގާޒީ ޝަކީލު ވަނީ ފަނޑިޔާރުކަމުން ވަކިވެ ވަޑައިގެންފައެވެ.

ޔާމީނުގެ މައްސަލަ ވަކި ގޮތަކަށް ކޮޅެއްގައި ޖެހުމުން، ފަނޑިޔާރު ޝަކީލަށްވެސް ވަޒީފާ ހަމަޖައްސަން ރާވާފައިވާ ކަމަށް ބެލެވެއެވެ.

އާލިމް ޝަކީލަށް ސަރުކާރުން އައްޔަން ކޮށްފައި ވަނީ، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ގަވާނިން ބޯޑަށެވެ.

ފަނޑިޔާރު ޝަކީލުގެ ކޮއްކޮ، ސަރުކާރުން އެންމެ ފުރަތަމަ ވަޒީފާ ދިން ފަރާތްތަކުގެ ތެރޭގައި ހިމެނިގެން ދިޔުމުން، މުއިއްޒުގެ ނުފޫޒު ޔާމީނުގެ މައްސަލާގައި އޮތްކަމަށް ގިނަބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ. ސިޔާސީ މަގާމުތައް، ސިޔާސީ މަސައްކަތުގައި ނޫޅޭ ފަރާތްތަކަށް އަބަދުވެސް ދެމުންދަނީ މިފަދަ ކޮންމެވެސް ޑީލެއްގެ ތެރެއިންނެވެ. ޔާމީނުގެ ހުކުމަށް ކުރީގެ ފަނޑިޔާރު ޝަކީލު މެދުވެރިކޮށް، މުއިއްޒު ނުފޫޒު ފޮރުވާފައިވަނީ ކޮން އިރަކުން ފެށިގެން ކަމެއް ދިޔަވަރު އަށް ވަނީ ސާފު ނުވެފައެވެ.