ލިލީ ސްޓޯރުގެ ޝެއަރ ހޯލްޑަރ އާމިރު މަންސޫރު އެސްޓީއޯގެ ޗެއަރމަންއަކަށް އައްޔަން ކުރުމުން، އާންމުން ސަރުކާރާއި މެދު ނުރުހުން ފާޅު ކުރަން ފަށައިފިއެވެ. އެސްޓީއޯއާއި ލިލީ ސްޓޯރުން ވަރަށް އެއްގޮތް ވިޔަފާރިތަކެއް ކުރާ އިރު މިކަމުގެ ސަބަބުން އެސްޓީއޯއަށް ނޭދެވޭ އަސަރު ފޯރާނޭ ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެއެވެ. އަދި އަމިއްލަ މަސްލަހަތު ފުށުއަރާ މިފަދަ މަޤާމުތަކަށް، މީހުން އައްޔަން ކުރުމަކީ ބެސްޓް ޕްރެކްޓިސް އާއި ޚިލާފު ކަމެކެވެ. މިކަމުގެ ސަބަބުން އެސްޓިއޯ އަށް ހީވެސް ނުކުރާ ފަދަ ބޮޑެތި ގެއްލުންތަކެއް ވުމަކީ އެކަށީގެންވާ ކަމެކެވެ.
އާމިރު މަންސޫރަކީ ރައީސް ޔާމީނަށް ބައިއަތު ހިފައިގެން ހުންނެވި ފަރާތެއް ކަމުން، މި މަޤާމު ސަރުކާރުން އޭނާ އަށް ދީފައިވަނީ އެނާގެ ވަފާތެރިކަން ގަނެލުމަށް ކަމަށް ސިޔާސީ ފަރާތްތަކުން ދަނީ ބުނަމުންނެވެ. ކޮރަޕްޝަނަށް މަގުފައިވާ މި މަޤާމުގެ ސަބަބުން ލިލީ ސްޓޯރަށް މިލިއަނުން ފައިދާ ވާނެ ކަމަށް ވިޔަފާރީގެ ތަޖުރިބާ ކާރުން ހާމަ ކުރެއެވެ.
ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަނީ އެސްޓީއޯ އަށް ލިބިފައިހުރި، އޯތްރައިޒް ޑީލާރޝިޕުތައް ލިލީގެ ނަމަށް ބަދަލުކޮށް، އެސްޓީއޯއަށް އާމިރު މަންސޫރުގެ ސަބަބުން އިންތިހާއަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމަށް ޤަބޫލު ކުރެވޭތީއެވެ.
އާމިރު މަންސޫރަކީ، އިންޑިޔާ އާއި ދެކޮޅަށް ދޮގު މައުލޫމާތު ފެތުރުމުގައި އިސްކޮށް ހަރަކާތްތެރިވި، ދިޔަރެސް ނޫހަށް، ފަންޑު ކޮށްދެއްވި ފަރާތެއްވެސް މެއެވެ.