ސަރުކާރު ހޮވިފައިވަނީ ގޭންގުތަކުގެ ބައިވެރިވުމާއި އެކު އެވެ. އެމީހުން ހަރަދުވެސް ކޮށްގެން ކަމަށް އޭރުވެސް ސިޔާސީ އެކި ފަރާތްތަކުން ދިޔައީ ހާމަ ކުރަމުންނެވެ، މުއިއްޒު ވެރިކަމަށް ހޮވިގެން ވޯޓު ގުނައި ނިމެންދެން މާލޭގެ ބައެއް ގޭންގުތައް އެމްޑީޕީގެ ކެމްޕެއިން އޮފީސް ވަށައިލިއެވެ. ކެމްޕެއިން އޮފީހުގައި ތިބި ފަރާތްތަކަށް އެރޭ ގެއަށް އަނބުރައި ދެވުނީ ފުލުހުންގެ އެހީތެރި ކަމާއި އެކުއެވެ.
ގޭންގު ތަކުގެ މެމްބަރުންނަށް ބޮޑެތި މަގާމުތައް ދޭންފެށުމުން، ސަރުކާރަށް އަމާޒުވި ފާޑުކިޔުންތައް އިތުރުވިއެވެ. އަދި މާރާމާރީ އިތުރުވެ، ރާއްޖޭގެ އެކި ކަންކޮޅުގައި ލޭ އޮހޮރުވުން ގިނަވާން ފެށުމުން މީޑިޔާތަކުން އިންތިހާ އަށް އެކަން ފާހަގަ ކުރަން ފެށިއެވެ. މިކަމާއި ގުޅިގެން މުއިއްޒު ޕްރެޝަރަށް ވެއްޓި، މަގާމުތައް ދޭން ނިންމާފައިތިބި ގޭންގު މެމްބަރުންނަށް އެ މަޤާމުތައް ދިނުން ލަސް ކޮށްފިއެވެ.
މިކަމާއި، ނާއިބް ރައީސްއާއި މުއިއްޒު އާއި ދެމެދު ހިތްހަމަ ނުޖެހުންތަކެއް ވަނީ ހިނގާފައެވެ. މުއިއްޒު ކެމްޕެއިނަށް ގޭންގުތައް ގެނައީ، ސެމްބެ މެދުވެރި ކޮށެވެ. ސެމްބެއަށް ނާއިބް ރައީސްކަން ލިބުނު ގޮތަކީ، އޭނާ އާއި ގޭންގުތަކާއި އޮތް ގުޅުމެވެ. ސެމްބެއަކީ ސިޔާސީ ގޮތުން ވަކި މަގުބޫލު ފަރާތެއް ނޫނެވެ.
މުއިއްޒާއި ސެމްބެކެ ހިތްހަމަ ނުޖެހުން އިތުރުވުމުން މުއިއްޒުގެ ގެއާއި ކައިރީގައި ހުރި ޕެޓްރޯލް ޝެޑްގެ ޚިދުމަތްވެސް ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.
ގޭންގުތަކުން ފާޅުގައި ސެމްބެ ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް ދިޔަވަރު ނޫހަށް ވަނީ މައުލޫމާތު ލިބިފައެވެ. މިކަމާއި ގުޅިގެން މުއިއްޒުގެ ކަންބޮޑުވުން އިތުވެފައިވާއިރު، ޕާޓީ ތެރޭގައި އެހެން ދިމަދިމާލުންވެސް މުއިއްޒަށް ގިނަ ގޮންޖެހުންތަކެއް ހުރިކަމަށް މައުލޫމާތު ލިބެއެވެ.