ޚަބަރު

ޕީއެންއެފް އުފައްދަން ބޭނުންވާ 3,000 ފޯމު ހަމަވެއްޖެ: މަލީހު

ދިޔަވަރު
ޕީއެންއެފް އުފައްދަން ބޭނުންވާ 3,000 ފޯމު ހަމަވެއްޖެ: މަލީހު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އުފައްދަވާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންއެފް) އިން 3000 ފޯމު ހަމަކޮށްފި އެވެ.

ޕީއެންއެފް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މަލީހް ޖަމާލް މިއަދު ވިދާޅުވީ ޕާޓީ އުފެއްދުމަށް ބޭނުންވާ 3000 ފޯމު މިހާރު ހަމަވެފައިވާ ކަމަށެވެ.

"މިހާރު ފޯމުތައް [ރަށްރަށުން] ގެންނަމުން އެދަނީ. އަޅުގަނޑުމެން މި ބަލަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި [ޕާޓީއަށް ސޮއިކުރުމުގެ] ފުރުސަތުދޭން. އެއީ ވަރަށް ގިނަ ބަޔަކު އެބަ ޝައުގުވެރިވޭ ފުރަތަމަ ސޮއިކުރާ 3000 މީހުންގެ ތެރޭގައި ހިމެނެން," މަލީހު ވިދާޅުވި އެވެ. 

މަލީހު ވިދާޅުވީ ސޮއިކުރި ޖުމްލަ އަދަދު އަދި ނޭނގޭ ކަމަށާއި، ނަަމަވެސް 3,000 ފޯމަށްވުރެ ގިނަވާނެކަން ޔަގީން ކަމަށެވެ. 

"ރޭ އެކަނިވެސް އެއް ރަށަކުން 200 ފޯމު މާލެ ގެނައި. އެއީ ރ. މަޑުއްވަރީން" މަލީހު ވިދާޅުވީ ވަރަށް ގިނަ ބަޔަކު ޕީއެންއެފްއަށް ވަނުމަށް ޝައުގުވެރިކަން ފާޅުކުރާ ކަމަށެވެ.