ޚަބަރު

40 ރަށަކުން 900 މުވައްޒަފުން ވަކި ކޮށްފި

ދިޔަވަރު
40 ރަށަކުން 900 މުވައްޒަފުން ވަކި ކޮށްފި

އެއްބަސްވުން ހަމަވެގެން ފެނަކަ ކޯޕަރޭޝަންގެ 900 މުވައްޒަފުން ދޫކޮށްލައިފި އެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވީ ކޮންޓްރެކްޓު އާ ނުކޮށް ދޫކޮށްލި މުވައްޒަފުންނަކީ ޕްރޮޖެކްޓުތަކަށް ނަގާފައި ތިބި މީހުން ކަމަށާއި އެ މީހުންގެ ކޮންޓްރެކްޓު މިދިޔަ މަހުގެ ނިޔަލަށް ހަމަވެފައިވާ ކަމަށެވެ.

"ދޫކޮށްލީ 40 ރަށުން ގާތްގަނޑަކަށް 900 މުވައްޒަފުން. އެއީ ޕްރޮޖެކްޓުގެ މަސައްކަތް ނިމިފައި، ނުވަތަ މަސައްކަތެއް ނެތް ރަށްތައް. އެހެންވެ ދޫކޮށްލީ،" މުއާޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެ މުވައްޒަފުން ގާތުގައި ބުނިން، އެރަށުގައި އިތުރު ޕްރޮޖެކްޓެއް ހިންގާނަމަ އިސްކަން ދޭނީ ވެސް އެ މީހުންނަށް ކަމަށް."

ނިމިގެން ދިޔަ އެމްޑީޕީގެ ވެރިކަމުގައި ފެނަކައިގެ ވަޒީފާތަކަށް ދާއިމީ 5000 އަށް ވުރެ ގިނަ މުވައްޒަފުންގެ އިތުރުން ވަގުތީ އެއްބަސްވުމުގެ ދަށުން 2500 އަށް ވުރެ ގިނަ މީހުން ނަގާފައިވެ އެވެ.