ޚަބަރު

ގެއްލުނު ކަމަށް ބުނި ކަނޑު ހޯދޭނެ ގޮތެއް ބުނެ ނުދީ، 10 މިލިއަން ބަޖެޓް ކޮށްފި! ހެދި ދޮގު ފޮރުވުމަށް 10 މިލިއަން!

ދިޔަވަރު
ގެއްލުނު ކަމަށް ބުނި ކަނޑު ހޯދޭނެ ގޮތެއް ބުނެ ނުދީ، 10 މިލިއަން ބަޖެޓް ކޮށްފި! ހެދި ދޮގު ފޮރުވުމަށް 10 މިލިއަން!

ރާއްޖެ-މޮރިޝަސް ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުން ގެއްލުނު ކަމަށް ބުނެ، ރައްޔިތުންނަށް އޮޅުވާލައިގެން ދޮގު ވާހަކަ ދައްކާފައިވާ ސަރަހައްދު ހޯދަން އުޅޭ ކަމަށް ބުނެ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި 10 މިލިއަން ހިމަނައިފި އެވެ.

ކަނޑު ހޯދުމަކީ ސަރުކާރުން އެންމެ އިސްކަން ދީގެން ކުރާނެ ކަންކަމުގެ ތެރޭގައި ހިމަނާގައިވާ ކަމެއް ކަމުގައިވީ ނަމަވެސް، ސަރުކާރުން ވަނީ ކަނޑު ހޯދާނެ ގޮތެއް ބުނެ ނުދެވިފައެވެ. ބަޖެޓުގައި 10 މިލިއަން ރުފިޔާ ޖަހައި މި 10 މިލިއަން ހަރަދު ކުރާނެ ކަމަށް ބެލެވެނީ، ހެދި ދޮގު ތަކުން ސަލާމަތް ވާން ވެގެން އާންމުގެ ލޮލުގައި އަނދުން އެޅުވުމަށް ކަމަށް ބެލެވެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ރޭ ކުރިޔަށްދިޔަ ބަޖެޓު ދިރާސާ ކުރާ ކޮމިޓީގެ ބައްދަލުވުމުގައި އެޓާނީ ޖެނަރަލް އޮފީހުގެ ބަޖެޓަށް އިތުރު ކުރަން ސަރުކާރުން ފޮނުވާފައިވާ ބައިތައް ހުށަހަޅުއްވަމުން ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވީ ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ މައްސަލާގައި ގާނޫނީ މަސައްކަތް ކުރުމަށް 10 މިލިއަން ރުފިޔާ އެ އޮފީހުގެ ބަޖެޓަށް އިތުރު ކޮށްފައިވާ ކަމަށެވެ.

ކޮމިޓީން ވަނީ އެ އަދަދާއެކު އޭޖީ އޮފީހުގެ ބަޖެޓު ފާސްކޮށްފަ އެވެ. އޭގެ އިތުރަށް ލިބިފައި ހުރި ހުށަހެޅުންތަކަށް ވެސް ވަކިވަކިން ވޯޓަށް އަހަމުން އަންނަ އިރު މިރޭ މުޅި ބަޖެޓު ވެސް ކޮމިޓީން ނިންމައި ފާސް ކުރާނެ ކަމަށް ބެލެވެ އެވެ.