ޚަބަރު

އިމިގްރޭޝަންގެ އިވެންޓެއް، ޝަރަފުވެރިކޮށްދޭން ވެސް ޗައިނާ އިން! ޗައިނާގެ ނުފޫޒު ނުރައްކާތެރި މިންވަރަކަށް!

ދިޔަވަރު
އިމިގްރޭޝަންގެ އިވެންޓެއް، ޝަރަފުވެރިކޮށްދޭން ވެސް ޗައިނާ އިން! ޗައިނާގެ ނުފޫޒު ނުރައްކާތެރި މިންވަރަކަށް!

އިމިގްރޭޝަން ބޭއްވި، އިމިގްރޭޝަން ކަޕް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދޭން، ވަޑައިގަތީ ޗައިނާގެ އެމްބަސަޑަރެވެ. މިއީ މީގެ ކުރިން ރާއްޖޭގައި ދުވަހަކުވެސް ކޮށްއުޅުނު ބާވަތުގެ ކަމެއް ނޫނެވެ. ބޭރު ޤައުމެއްގެ އެހީގައި އިމާރާތް ކުރި ތަނެއް ހުޅުވުމަށް އެޤައުމުގެ އެމްބަސަޑަރ އެއް ވަޑައިގަތަސް، ބާއްވާ އެކި އެކި އިވެންޓްތައް ޝަރަފުވެރި ކޮށްދޭން އެހެން ޤައުމުތަކުގެ އެމްބަސަޑަރުން ގެނެސް ހެދުމަކީ އެއްވެސް ޤައުމަކުން އެއްވެސް އިރަކު ކޮށް އުޅޭ ކަމެއް ނޫނެވެ. އެހުންނަނީ ޑިޕްލޮމެޓިކް ހަމަތަކުގެ ތެރޭއިން ނުކުރާ ކަންކަމެވެ.

މިއިން ހާމަކޮށްދެނީ ޗައިނާގެ ނުފޫޒު ރައްޖޭގެ މައްޗަށް އޮތް މިންވަރެވެ. ދުނިޔޭގެ ޤައުމުތަކުން މިފަދަ ކަންކަން ނުކުރަނީ ސަބަބުތަކެއް ހުރުމުންނެވެ. އެންމެ ބޮޑު އެއް ސަބަބަކީ، ވަކި އެމްބަސަޑަރެއް ގެނައުމުން، އެހެން ޤައުމުތަކަށް ދެވޭ، ޚާރިޖީ މެސެޖު އޮޅޭ ގޮތް ވުމެވެ. މީގެ ސަބަބުން އެހެން ޤައުމުތަކާއި އޮންނަ ބަދަހި ގުޅުމަށް ބުރު އަރައި، އެހީ އަށް އޮންނަ ފުރުޞަތު ހަނިވެގެން ދެއެވެ.

މިހުރިހާކަމެއް މިހެން ހުރިއިރު، ޑިޕްލޮމެޓިކް އަހްލާގު ދޫކޮށް، އިމިގްރޭޝަން ފަދަ މުއައްސަސާއަކުން މިފަދަ ކަމެއް ކުރުމުން، މުއައްސަސާގެ މައްޗަށް އޮތް އިތުބާރު ވެސް ގެެއްލިދެއެވެ. ސަރުކާރާއި ރައްޔިތުންނަށް ސިއްރުން، އިމިގްރޭޝަނުން ރާއްޖެއަށް ޗައިނާ ސިފައިން ގެންނަން އުޅެނީތޯ އެކްސް ގައި މީހަކު އިމިގްރޭޝަނާއި ސުވާލު ކޮށްފައިވެއެވެ.

މީގެ ކުރިން ރާއްޖޭއަށް ޗައިނާގެ ތާޢީދާއި އެކު، ވެރިކަމަށް ބަޔަކު ނާދެއެވެ. އެކަން ފެށުނީ ޔާމީނާއި ހިސާބުންނެވެ. އިންޑިއާ ކަނޑުގެ ކޮންމެ ޤައުމެއްގައި މިހާރު ޗައިނާއިން ސަޕޯޓުކުރާ، ސިޔާސީ ލީޑަރެއް ހުރުމަކީ ޗައިނާގެ ނުފޫޒާއި މެދު ކަންބޮޑުވުން މިޤައުމުތަކުން ފާޅު ކުރަމުންދާ އެއް ސަބަބެވެ.