ޚަބަރު

ޓެންޑަރ ބޯޑަށް މުއިއްޒު ބޭނުންފުޅުވާ މީހުން އައްޔަންކޮށްފި!

ދިޔަވަރު
ޓެންޑަރ ބޯޑަށް މުއިއްޒު ބޭނުންފުޅުވާ މީހުން އައްޔަންކޮށްފި!

ނޭޝަނަލް ޓެންޑަރ ބޯޑު އަލުން އެކުލަވާލައިފިއެވެ.

މި ބޯޑުގެ ޗެއަރމަނަކީ ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސާއިދެވެ.

އޭގެ އިތުރުން ދެން ހިމެނިވަޑައިގަންނަވަނީ ވައިސް ޗެއަރ އަބްދުﷲ އިމްރާނާއި ބޯޑުގެ 5 މެމްބަރެކެވެ.

ބޯޑު މެމްބަރުންނަކީ މުމްތާޒު އަބްދުއްރަޝީދާއި، ފާތިމަތު މުހައްމަދު ދީދީއާއި، އާމިނަތު ޒީނިޔާއާއި، އާދަމް ބަދުރުﷲ އާއި، މުހައްމަދު ޝަމްނޫން ފުއާދެވެ.

ނޭޝަނަލް ޓެންޑަރ ބޯޑަކީ ފިނޭންސް މިނިސްޓަރުގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަންކަމަށް މަގުފަހިކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވައި، މެމްބަރުން އައްޔަންކޮށްފައިވާ ބޯޑެކެވެ.