ޚަބަރު

އަައްޑޫ ފެނަށްޖެހިފައި, ކުންފުނިން މުވައްޒަފުން ވަކި ކުރުމުގައި ފެނަކައިގެ ވެރިން އަވަދި ނެތި

ދިޔަވަރު
އަައްޑޫ ފެނަށްޖެހިފައި, ކުންފުނިން މުވައްޒަފުން ވަކި ކުރުމުގައި ފެނަކައިގެ ވެރިން އަވަދި ނެތި

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ފެން ކެޑި, މުޅި އައްޑޫ ފެނަށް ޖެހިފައިވާއިރުވެސް, ފެނަކައިގެ މުވައްޒަފުން އިސްކަން ދެމުންދަނީ އެކުންފުނީގެ މުވައްޒަފުން ވަޒީފާއިން ވަކި ކުރުމަށްކަމަށް ބުނެ, ގިނަ ބައެއްގެ ފާޑުކިއުން އެ ކުންފުންޏަށް އަމާޒު ވެއްޖެއެވެ.

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ފެނުގެ ޚިދުމަތް ކެނޑި, ޚިދުމަތް ދިނުމަށް ބޭނުންވާ ސާމާނު އައްޑޫ އަރުވާ ޚިދުމަތް ފެށޭނެކަމަށް ރޭގެ ވަގުތެއްގައިވެސް ފެނަކައިން ބުނެފައި ވެއެވެ. އެހެންނަމަވެސް މިއަދުވެސް އައްޑޫ ސިޓީގެ ގެތަކަށް ފެން ފޯރުކޮށް ދެވިފައެއް ނުވެއެވެ.

އެއަށްފަހު މިއަދުގެ ވަގުތެއްގައިވެސް ފެނަކައިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ މިއަދު އަލުން ފޮނުވުނު ވީ.އެފް.ޑީ އާއެކު، ފެންޕްލާންޓް އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ބާރުމިނުގައި ކުރިޔަށްދާ ކަމުގައެވެ. އެހެންނަމަވެސް އަދިވެސް އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ފެން ފޯރުކޮށްދޭން ފެށިފައެއް ނުވެއެވެ.

ފެނަކައިން ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް އެކަށީގެންވާ ގޮތެއްގައި އެކުންފުންޏަށް ފޯރުކޮށް ދެވެމުން ނުދާއިރު, ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެ, އެކުންފުންޏަށް އާ އެމްޑީއަކު އައްޔަން ކުރުމާއެކު, އާ އެމްޑީވަނީ ކުންފުނީގެ 900 މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައެވެ. އެހެންނަމަވެސް ފާއިތުވި ރިޔާސީ ކެންޕޭންގައި މުއިއްޒު ވިދާޅުވެފައިވަނީ އޭނާގެ ވެރިކަމުގައި އެއްވެސް ކުންފުންޏެއްގެ އެއްވެސް މުވައްޒަަފަކު ވަޒީފާއިން ވަކި ނުކުރައްވާނެ ކަމުގައެވެ.

ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވުމަށްފަފަހު, ހިންގުމުގެ އެއްވެސް ތަޖުރިބާއެއް ނެތް ވެރިން ކުންފުނިތަކަށް އައްޔަން ކުރަމުންދާކަމުގެ ޝަކުވާތައް ވަނީ ގިނަ ވެފައެވެ. އެގޮތުން ފެނަކަ ކުންފުންޏަށް ރައީސް މުއިއްޒު އައްޔަން ކުރެއްވި މުއާޒްއަކީ ފާއިތުވެދިޔަ ތަނުގައި ސީނިއަރ ލެވެންލެއްގެ ފަންނީ އެއްވެސް ވަޒީފާއެއް މިހާތަނަށް އަދާކޮށްފައި ނުވާ ފަރާތެއްކަން ފާހަގަ ކޮށްލެވެއެވެ.