ހުޅުމާލޭގެ ސެންޓްރޯ މޯލްގެ ލިފްޓް ތެރޭގައި 14 އަހަރުގެ ކުޑަ ކުއްޖަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލައިފިއެވެ. މިކަން ކޮށްފައިވަނީ ހުޅުމާލޭގެ ގޭންގަކަށް ނިސްބަތްވާ ބައެއް ކަމަށް މައުލޫމާތު ލިބެއެވެ.
ޑރ. މުއިއްޒު ވެރިކަމަށް ގެނައުމަށް ރާއްޖޭގެ ގޭންގް ތަކުން ވަނީ މަސްތުވާތަކެތި ބަހައި، ފައިސާ ހަރަދު ކޮށް، މަސައްކަތް ތައް ކޮށްދީފައެވެ. ބަދަލުގައި ގޭންގް ތަކުގެ މެމްބަރުންތައް ވަނީ ސަރުކާރުގެ އިސް މަޤާމުތަކަށް ހަމަޖައްސާފައެވެ.
ގޭންގްތައް އޮޕަރޭޓް ކުރަމުންދަނީ، ފުލުހުންގެ ބާރަށް ވުރެ މަތިން ކަމަށް ގޭންގުތަކުގެ ބައެއް އިސްވެރިން މިހާރު ވާހަކަ ދައްކައި ހަދައެވެ. އަދި ގޭންގް ތަކުން އެދިގެން، ގޭންގްތަކުގެ ބާރު ގަދަވަންދެން، ފުލުސް ކޮމިޝަނަރެއް އައްޔަން ނުކުރުމަށް މުއިއްޒު ވަނީ ގޭންގް ތަކާއި އެކު އެއްބަސް ވެފައެވެ.