ރޭގައި ސަރުކާރު އިމާރާތެއްގައި، ހުޅުމާލޭގައި ހިނގި ތޫނު އެއްޗަކުން ކުޑަކުއްޖަކަށް ދިން ހަމަލާ ނުހިނގާ ކަމަށް ބުނެ ފުލުހުން އެ ޓްވީޓް ޑިލީޓް ކޮށްލާފިއެވެ.
ފާޑު ކިޔުން އަމާޒުވުމުން އެކަމާއި ގުޅިގެން މި ހަމަލާ ސިއްރު ކުރަން ނިންމީކަމަށް ފާޑުކިޔާ ފަރާތްތަކުން ދަނީ ބުނަމުންނެވެ. ނުވަތަ ސެންޓްރޯ މޯލްގެ ލިފްޓުތެރޭގައި ކުޑަކުއްޖެެއްގެ ގަޔަށް ވަޅި ޖަހައި ޒަހަމްކޮށްލި ކަމަށް ބުނާ ހާދިސާ ގައި އަނިޔާ ލިބުނު ފަރާތާއި ހަމަލާ ދިން ފަރާތުގެ އިތުރު މައުލޫމާތު ފުލުހުންގެ ތަހުޤީގަށް ނުލިބުމުން އެއީ ނުވާ ކަމެއް ކަމަށް ނިންމީ ކަމަށް ވެސް ބައެއް މީހުން ދަނީ ބުނަމުންނެވެ.
ގޭންގް ތަކުގެ ބާރު ގަދަވެ، ކިތަންމެ ބޮޑު ހާދިސާއެއް ހިނގިއަސް، އެކަން ފުލުހުންނާއި ހަމައަށް އަމިއްލައަށް ގެންގޮސްފިނަމަ، އާއިލާވެސް ކޮށާލާނެ ކަމަށް ބުނެ މީގެ ކުރިން މިފަދަ ހަމަލާތަކުގައި އިންޒާރު ހުރީ ދީފައި ހުރިކަމަށް މައުލޫމާތު ލިބެއެވެ. ރާއްޖޭގައި ގޭންގް މާރާމާރީ، އާއި، މަސްތުވާތަކެތީގެ މައްސަލަ ބޮޑުވެފައިވާ މިންވަރާއި އަޅާ ބަލާއިރު، ފުލުހުންގެ ފަރާތުން އެކަން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތްތައް އެ ފެންވަރުގައި ކުރަމުން ނުދާކަން އާންމުން ދަނީ ފާހަގަ ކުރަމުންނެވެ.
ފުލުހުން ބުނީ އެފަދަ ކަމެއް ހިނގިތޯ އެ ސަރަހައްދުގެ ކެމެރާތަކާއި، މަންޒަރު ފެނުނު މީހަކު ހުރިތޯ ބެލުމުގެ މަސައްކަތް ކުރަމުން ދާކަމަށެވެ. އަދި އެފަދަ އަނިޔާއަކަށް ފަރުވާ ހޯދިތޯ ހޮސްޕިޓަލުން ވެސް ސާފުކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ މިފަދަ ހާދިސާއެއް ހިނގިކަމުގެ މައުލޫމާތެއް ލިބިފައިވާނަަމަ 3322111 ނަންބަރު ފޯނަށް ގުޅައި އެކަން ރިޕޯޓުކުރުމަށް އެދޭކަމަށެވެ.
މި ދުވަސްވަރަކީ މާލެއާއި އައްޑޫ ސިޓީގައި ސިލްސިލާ މާރާމާރީތަކެއް ހިނގަމުން އަންނަ ދުވަސްކޮޅެކެވެ. މި މައްސަލަތަކާ ގުޅިގެން މާލެ އާއި އައްޑޫގައި ފުލުހުން ވަނީ ހާއްސަ އޮޕަރޭޝަނެއް ވެސް ފަށާފަ އެވެ.