ޚަބަރު

ހުޅުމާލެއިންނާއި، ރާއްޖެތެރޭ ގިނަ ރަށްރަށުން ފިޔާ ހުސްވެއްޖެ! ތަކެތީގެ އަގު ބޮޑު ކަމަށް ބުނެ ވެރިކަމަށް އައި، ސަރުކާރަށް ހެޔޮ އަގުގައި ފިޔާ ހޯދައި ނުދެވުނު!

ދިޔަވަރު
ހުޅުމާލެއިންނާއި، ރާއްޖެތެރޭ ގިނަ ރަށްރަށުން ފިޔާ ހުސްވެއްޖެ! ތަކެތީގެ އަގު ބޮޑު ކަމަށް ބުނެ ވެރިކަމަށް އައި، ސަރުކާރަށް ހެޔޮ އަގުގައި ފިޔާ ހޯދައި ނުދެވުނު!

ހުޅުމާލެއިންނާއި، ރާއްޖެތެރޭ ގިނަ ރަށްރަށުން ފިޔާ ލިބުން ދަތިވެއްޖެއެވެ. އަދި ފިޔާ ލިބެން ހުރި ރަށްރަށުން މީހުން ގިނަ އަދަދަކަށް ފިޔާ ގަނެ ރައްކާ ކުރަން ފަށައިފިއެވެ. ފިޔާގެ އަގު ބޮޑުވެފައިވަނީ އިންޑިޔާއިން ފިޔާ އެކްސްޕޯޓް ކުރުން ހުއްޓާލުމުންނެވެ. ނަމަވެސް ޤައުމުތަކުން އެދުމުން، އެދޭ ބައެއް ޤައުމުތަކަށް އިންޑިޔާއިން ދަނީ ފިޔާ ފޯރުކޮށްދެމުންނެވެ. އިންޑިޔާއިން ފިޔާ ބޭރުކުރުން މަނާކުރީ، އެގައުމުގައި ފިޔާގެ އަގު މާބޮޑަށް މައްޗަށް ގޮސް، ފިޔާ ބޭނުން ކޮށްގެން ތައްޔާރު ކުރާ ކާބޯތަކެތީގެ އަގު މައްޗަށް އަރަން ފެށުމުނެނެވެ.

އިންޑިއާ އިން އޭގެ ކުރިން ވެސް ފިޔާގެ އަގު މަތިކުރުމުގެ ސަބަބުން، ރާއްޖޭގެ ބާޒާރުގައި ފިޔާގެ އަގު އުފުލެމުން ދާތާ ދުވަސްކޮޅެއް ވެއްޖެ އެވެ. އެގޮތުން، މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ފިޔާގެ އަގު ބޮޑުވެ، ބަސްތާއެއްގެ އަގު 400ރ.އަށް އެރިއިރު، ވިޔަފާރިވެރިން އޭރު ބުނި ގޮތުގައި އެއީ އަގުބޮޑުވުމުގެ ފެށުމެވެ.

މީގެ ދެ މަސް ކުރިން 400ރ.އަށް ހުރި ފިޔާ ބަސްތާއެއްގެ އަގު މިއަދު ބާޒާރުގައި ލިބެން ހުރީ 550-700ރ.އަށެވެ. އެއީ ވެސް ވަރަށް މަދު ތަންތަނުންނެވެ.

ބާޒާރުގައި މިއަދު ފިޔާ ކިލޯއެއްގެ އަގު ހުރީ 30-40ރ.އާ ދެމެދުގަ އެވެ. ޕާކިސްތާނު ފިޔާ ކިލޯއެއް 30ރ.އަށް ލިބޭއިރު، ބަސްތާއެއް ލިބެނީ 550ރ.އަށެވެ.

އިންޑިއާ ފިޔާ އެއަށް ވުރެ އަގު ބޮޑުކޮށް ގަންނަން ލިބޭއިރު، ބަސްތާ ލިބެނީ ވަރަށް މަދު ތަންތަނުން، 600-700ރ.އަށެވެ.

ވިޔަފާރިވެރިޔަކު ބުނީ މިއަދު ހަވީރުގެ ވަގުތެއްގައި ޕާކިސްތާނު ފިޔާ ޝިޕްމަންޓެއް ލިބޭނެ ކަމަށާއި، އެހެން ނަމަވެސް އެ ޝިޕްމަންޓުގެ އަގު މިހާރަށް ވުރެ ބޮޑުވާނެ ކަމަށެވެ.