މުލިއާގެއިން މުއައްޒަފުން ވަކިކުރުމާއި ގުޅިގެން އާންމުން ޝަކުވާ ކުރުމުން، ސަރުކާރުން ހެދީ ދޮގު ހަދާ އެއީ ކުރީގެ ފަސްޓް ލޭޑީ ފަޒުނާއާއި މުއައްޒަފު ބަދަލުކުރުމުން ކަޑާލީ ކަމަށް ބުނެ ދެއްކި ވާހަކަ ފަޒުނާ ދޮގު ކޮށްފިއެވެ.
އެ ތުހުމަތުތައް ދޮގުރައްވައި ރަސްމީ ފޭސްބުކު އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މުލީއާގޭގެ ވަޒީފާއިން ކަނޑައިލި އެ އަންހެން މީހާ ނޮވެމްބަރު 17 އިން ފެށިގެން އޭނާ އާ ބައްދަލުކުރައްވާފައި ނުވާ ކަމަށެވެ.
މުލިއާގެއިން މުއައްޒަފުން ވަކި ކޮށްފައިވަނީ، ސާޖިދާ ހިތްޕުޅާ ވާ ބަޔަކަށް ވަޒީފާ ދިނުމަށް ކަމަށް "ދިޔަވަރު" ނޫހަށް ވަނީ މައުލޫމާތު ލިބިފައެވެ.
ސަރުކާރުން މިފަދަ ދޮގެއް ހެދި އިރު، މުއައްޒަފަކު، މީހަކާއި ބައްދަލު ކުރިކަމެއް ސާބިތުކޮށް އެނގޭނެ ގޮތެއް ނޯންނެކަންވެސް ސަރުކާރަށް ރަނގަޅަށް އެނގޭނެއެވެ. މުއައްޒަފުން ވަކިކޮށް އެމީހުންނާއި މެދު ދޮގު ތުހުމަތު ކުރުމުން އެމީހުންނަށް ވަޒީފާ ހޯދުމުގައި ދަތިވެގެން ދާނެއެވެ.
ވަޒީފާއިން ވަކިކުރި ފަރާތަކީ ނަޒާހާތްތެރިއެއް، އޭނާގެ ވަޒީފާއާ ގުޅޭ މައުލޫމާތު އަޅުގަނޑަށް އަދި އޭނާގެ އަމިއްލަ އާއިލާއަށްވެސް ހިއްސާނުކުރާނެ، ބަޔަކު ވަޒީފާއިން ކަނޑާލަން ބޭނުންނަމަ އެކަން ކުރައްވީ އެކަމަކު އެމީހުންގެ އަގު ވައްޓާނުލާ
ފަޒުނާއާއި މެދު ހެދި ދޮގަށް ޖަވާބު ދެއްވަމުން ފެސް ބޭކް ގައި ލިޔުއްވިއެވެ.