ޚަބަރު

ހައްދުފަހަނަ އެޅި ޤައުމިއްޔަތު ދިރުވުމަށް، ތިން މުވައްސަސާއެއް ގާއިމްކުރަން ކެބިނެޓުން މުއިއްޒު ނިންމައިފި

ދިޔަވަރު
ހައްދުފަހަނަ އެޅި ޤައުމިއްޔަތު ދިރުވުމަށް، ތިން މުވައްސަސާއެއް ގާއިމްކުރަން ކެބިނެޓުން މުއިއްޒު ނިންމައިފި

ދިވެހި ގައުމިއްޔަތު އިޔާދަކުރުމުގެ މަސައްކަތް ކުރުމަށް ކަމަށް ބުނެ، ހައްދުފަހަނަ އެޅި ޤައުމިއްޔަތު ދިރުވުމަށް ތިން މުވައްސަސާއެއް ގާއިމް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

މުއިއްޒު ވެރިކަމަށް އައިސްފައިވަނީ، ހައްދުފަހަނަ އެޅި ގައުމިއްޔަތުގެ ކެމްޕެއިންގެ ތެރެއިން، އަވަށްޓެރި ޤައުމެއް ކަމަށް ވާ އިންޑިޔާ އާއި މެދު ނަފްރަތު އުފައްދައި ދޮގު ވާހަކަ ފަތުރައިގެންނެވެ. އެހެން ނަސްލުތަކާއި ޤައުމުތަކުގެ މީހުންނަކީ އިޚްތިރާމާއި ޤަދަރު ކުޑަބައެއް ކަމަށް ދައްކައި، ފޭސިޒަމް ފަދަ ނުބައި ސިޔާސީ ސިސްޓަމެއް ޤާއިމު ކޮށް، އެތައް ޒަމާނެއް ވަންދެން ވެރިކަން ކުރުމުގެ ބޭނުމުގައި މުއިއްޒުދަނީ ނުރައްކާތެރި މަސައްކަތްތަކެއް ކުރަމުންނެވެ.

މިކަން ކުރުމަށްޓަކައި މުއައްސަސާތަކެއް މިއަދު ކެބިނެޓުން ނިންމި އިރު، އޭގެ ތެރެއިން އެއް މުވައްސަސާއަކީ ދިވެހި ގައުމީ ތަރިކަ ދިރާސާ ކުރާ މަރުކަޒު ކަމަށާއި އަނެއް މުވައްސަސާއަކީ ގައުމީ ތަރިކައިގެ ކޮލެޖް ކަމަށާއި އަދި ތިންވަނަ މުވައްސަސާއަކީ ގައުމީ ޗާޕް ޚާނާ ކަމަށްވަނީ ހާމަކޮށްފައެވެ.

"ގައުމީ ތަރިކަ ދިރާސާ ކުރާ މަރުކަޒު، ގައުމީ ތަރިކައިގެ ކޮލެޖް، ގައުމީ ޗާޕް ޚާނާ މި ނަންތަކަކީ އާންމު މަފްހޫމްތަކެއް އޮތް ނަންތަކެއްވީ ނަމަވެސް ގައުމިއްޔަތު އިޔާދަކުރުމުގެ ނިޒާމްގެ ތެރެއިން ގާއިމްކުރެވިގެންދާ މި ތިން އިދާރާއަކީ ހާއްސަ މަސައްކަތްތަކެއް ކުރާނެ ހާއްސަ އިދާރާތަކަކަށް ވެގެންދާނެ." ފިރުޒުލް ވިދާޅުވިއެވެ.

ފާރ ރައިޓް - އަލްޓްރާ ނެޝަނަލިސްޓިކް ސިޔާސީ މަސައްކަތަކީ އޭގެ ސަބަބުން ދޭދޭ ޤައުމު ޖެހި، ލޭ އޮހޮރުވުން ހިނގައި، އަދި ފޭސިޒަމް ގަބޫލު ނުކުރާ އެންމެންނަކީ ޚާއިނުން ކަމަށް ބަލައި އެމީހުން ޖަލަށް ލައި އަނިޔާވެރިކަން އިންތިހާއަށް އޮތް ސިޔާސީ ނިޒާމެކެވެ. މި ނިޒާމް ރާއްޖެއަށް ގެނައުމަށް މުއިއްޒު ވަނީ މިކަން ތައުލީމީ މުގައްރަރުގެ ތެރެއަށް ވެއްދުމަށް ނިންމާފައެވެ.