އައްޑޫ ހިތަދޫ ގައި ފިހާރައެއްގެ ތެރޭ ހުއްޓާ، ޒުވާނަކަށް ވަޅިން ހަމަލާދީ ޒަހަމް ކޮށްލައިފިއެވެ. ސަރުކާރަށް ވީ އެންމެ 22 ދުވަހެވެ، މިއީ 8 ވަނަ ހަމަލާއެވެ.
މުއިއްޒު ވެރިކަމަށް އައުމަށް ފަހު، މާލެއާއި، ރާއްޖެތެރޭގައި ހަމަ ނުޖެހުން ދަނީ އިތުރުވަމުންނެވެ. މުއިއްޒު ވެރިކަމަށް އައުމަށް ގޭންގުތައް ބޭނުންކޮށްފައިވެއެވެ. އަދި ހޯމް މިނިސްޓްރީ ފަދަ ކުށުގެ ވެށިން މީހުން ސަލާމަތް ކުރެވޭ މިނިސްޓްރީ ތައް ހިމެނޭހެން ސަރުކާރުން ވަނީ ގޭންގް ތަކުގެ އިސްވެރިންނަށް މަގާމު ތައް ދީފައެވެ.
މި ހަމަލާ ހިނގާފައިވަނީ ހިތަދޫ ފްރިކުއަންސީ ސޮޕްގައި، މިއަދު ހަވީރު 4 ޖަހަނިކޮށެވެ.
ފުލުހުން ވަނީ، އައްޑޫގައި ސެކިޔުރިޓީ ވަރުގަދަކޮށްފައިކަމަށް މީގެ ކުރިން ހާމަ ކޮށްފައިވީނަމަވެސް، އެކަމުގެ ހަޤީގަތެއް ނޭނގެއެވެ.
މިހާތަނަން މި މައްސަލާގައި އެއްވެސް މީހަކު ހައްޔަރު ކޮށްފައި ވާކަމެއް އެނގިފައެއް ނުވެއެވެ. މިފަދަ މައްސަލަ ތަކުގައި ހައްޔަރު ކުރާ ގޭންގް ތަކުގެ ކުށްވެރިންނަށް ފަސޭހައިން ސަލާމަތް ވެވޭ ގޮތްވުމުން ކުށްތައް އިތުރަށް ދަނީ ގިނަވެ، ރާއްޖެ ނާމާން ވަމުންނެވެ.