ޚަބަރު

ފައިސާއެއް ނެތް؟ ތުރުކީގައި އެމްބަސީއެއް ހިންގަން 120 މިލިއަން ރުފިޔާ ޚަރަދުވާނެ!

ދިޔަވަރު
ފައިސާއެއް ނެތް؟ ތުރުކީގައި އެމްބަސީއެއް ހިންގަން 120 މިލިއަން ރުފިޔާ ޚަރަދުވާނެ!

ތުރުކީގައި ރާއްޖޭގެ އެމްބަސީ އެއް ހުޅުވުމަށް، މުއިއްޒު ވަނީ ކެބިނެޓުން އިއްޔެ ފާސް ކޮށްފައެވެ. ތުރުކީގައި އެމްބަސީއެއް ހުޅުވުމަށް މިވަގުތަށް ދިވެހިރާއްޖެއަށް ބޭނުންތެރި ކަމަކަށް ނުވި ކަމުގައި ވީނަމަވެސް، މި ގޮތަށް މިކަން ނިންމާފައިވަނީ ރާއްޖެއާއި ބޭރުގެ ގައުމުތަކާއި އޮތް ގުޅުން ކުޑަ ވުމުން، ގުޅުން ރަނގަޅު ކަމަށް ދެއްކުމަށް ކަމަށް ބެލެވެއެވެ.

އެމްބަސީ އެއް ހުޅުވައި ހިންގުމަށް، އެތަނަށް ބޭނުންވާ މުއައްޒަފުން ނަގައި، އެ މަސައްކަތަށް ގާތްގަނޑަކަށް އަހަރަކަށް 24 މިލިއަން ރުފިޔާ ޚަރަދުވާނެއެވެ. އަދި 5 އަހަރުގެ މައްޗަށް 120 މިލިއަން ރުފިޔާ މަދުވެގެން ދައުލަތުގެ ބަޖެޓުން ހިނގާނެއެވެ.

އެމްޑީޕީ ވެރިކަމުގައި އޮތް އިރު، ބޭރުގެ ޤައުމުތަކުގައި ތިބި ސިޔާސީ ފަރާތްތަކަށް ބޮޑު އަދަދު ދޭ ކަމަށް ބުނެ، ރައްޔިތުންގެ މެދުގައި ސަރުކާރާއި މެދު ނަފްރަތު އުފައްދުމަށް މަސައްކަތް ކުރި ފަރާތްތައް، މިއަދު އިތުރު އެމްބަސީއެއް ހުޅުވައި 120 މިލިއަން ރުފިޔާ ޚަރަދުކުރަން ނިންމުމަކީ ޕީޕީއެމް ޕީއެންސީ އިން، ދައުލަތުގެ ޚަރަދު ބޮޑުކަމަށް ބުނެ، ކުރި ޝަކުވާގައި އެއްވެސް އިހްލާސްތެރިކަމެއް ނެތްކަން ދައްކުވައިދޭ ކަމެކެވެ.

120 މިލިއަން ރުފިޔާ އަކީ ގާތްގަޑަކަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 20 ވަރަކަށް މިސްކިތް އަޅާލެވޭނެ ފައިސާ އެވެ.