މުއިއްޒު ތުރުކީއަށް ކުރެއްވި ދަތުރުފުޅަކީ ފަހުގެ ތާރީޚެއްގައި ރާއްޖޭގެ ވެރިއަކު ބޭރަށް ކުރެއްވި އެންމެ އާދައިގެ ރަސްމީ ދަތުރެވެ. އެ ދަތުރަކުން އެއްވެސް ފައިދާއެއް ޤައުމަށް ކޮށްފައެއް ނުވެއެވެ.
މި ދަތުރުގެ އިތުރު ތަފްސީލް ދިޔަވަރުން ވަނީ އިއްޔެ ރިޕޯޓެއްގައި ގެނެސް ދީފައެވެ.

މި ފޮޓޯއިން ފެންނަނީ، މުއިއްޒު ތުރުކީގެ އާންމުންތަކެއްގެ ތެރޭގައި އިންނެވިތަނެވެ. ހާއްސަ އެއްވެސް އިންތިޒާމެއް މުއިއްޒަށް ހަމަ ޖައްސަވާފައިވާތަނެއް ނުފެނެއެވެ. މިއީ ޤައުމެއްގެ ރައީސްއަށް އިޚްތިރާމް އަދާ ކުރުމުގައި އާންމުކޮށް ކަން ކޮށް އުޅޭ ގޮތެއް ނޫނެވެ.