ޚަބަރު

އެމްޑީޕީ ދޫކޮށް ޕީޕީއެމް އާއި ގުޅުނު ސިރާޖަށް، ލަދުވެތި ދުވަހެއް!

ދިޔަވަރު
އެމްޑީޕީ ދޫކޮށް ޕީޕީއެމް އާއި ގުޅުނު ސިރާޖަށް، ލަދުވެތި ދުވަހެއް!

ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ޕީޕީއެމް އާއި ގުޅުނު، ލ. ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖުގެ ސިޔާސީ ހަޔާތަށް އޭނާއަށް ޤަބޫލުކުރަން ދަތި، ލަދުވެތި ކަމެއް ކުރިމަތިވެއްޖެއެވެ. މޫސާ ސިރާޖު އަކީ އެމްޑީޕީއިން ފަންޑު ކޮށްގެން މަޖިލީސް އިންތިިހާބުގައި އެދާއިރާ ކާމިޔާބު ކުރި ފަރާތެއް ކަމުގައި ވީ ނަމަވެސް، 2024 ގައި އެ ދާއިރާގެ މަޖިލިސް ގޮނޑި އޭނާއަށް ކާމިޔާބު ކުރެވޭނީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކަމަށް ގަބޫލުކޮށް، އޭނާ އެމްޑީޕީއިން ވަކިވިއެވެ. އަދި ޕީޕީއެމް އާއި ގުޅިވަޑައިގަތީ ޕީޕީއެމް އިން އެ ދާއިރާ އަށް ކުރިމަތި ލުމުގެ ބޭނުމުގައެވެ.

ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ލ.ފޮނަދޫ ދާއިރާއަށް ރައީސުޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެޑްވައިޒަރު އަދި ޕީއެންސީގެ ޗެއާމަން ޢަބްދުއްރަޙީމް (އަދުރޭ) ވާދަކުރައްވަން މިހާރު ވަނީ ނިންމަވާފައެވެ. އެހެންކަމުން، ޕީޕީއެމް/ޕީއެންސީ ތެރެއިން ލ. ފުނަދޫ ދާއިރާ އަށް ކުރިމަތި ލުމުގެ ފުރުޞަތު ސިރާޖަށް މިހާރު ވަނީ ގެއްލިފައެވެ.

ޕީޕީއެމް އިން ބޭނުންވާ މީހަކު، ދާއިރާގެ ކެނޑިޑޭޓަށް ހެދުމުގައި ޕްރައިމަރީ އާއި ޑިމޮކްރަސީގެ މާބޮޑު ބޭނުމެއް އެއްވެސް އިރަކު ޕީޕީއެމް/ޕީއެންސީ އިން ކުރިއަށް އޮތް އިންތިހާބުގައި ބޭނުން ނުކުރާނެއެވެ. މުޅި ސިސްޓަމް ރާވާފައި އޮތީ، މުއިއްޒަށް ލޯޔަލް މީހުން މަޖިލީހަށް ނެރުމަށެވެ.

މޫސާ ސިރާޖު ޕީޕީއެމް އާއި ގުޅުނީ، ލ. ފޮނަދޫ ދާއިރާގައި ކެމްޕެއިނުގައި ވާދާ ކުރުމަށް ކަން، ޕީޕީއެމް ލީޑަރޝިޕަށް އަދުރޭ ހިމެނޭހެން އެނގެއެވެ. ޕީޕީއެމް އަށް ސޮއި ކުރީވެސް އަދުރޭ އާއި، މުއިއްޒުގެ ހާޒިރުގައެވެ. އަދި ކުރިން މުއިއްޒު ވަނީ އެ ދާއިރާއަށް ސިރާޖަށް ކުރިމަތި ލެވޭނެ ކަމުގެ ޔަގީން ކަންވެސް ދީފައެވެ. ނަމަވެސް، ސަރުކާރުގައި އަދުރޭގެ ބާރު މުއިއްޒުގެ މައްޗަށް ވަނީ ގަދަވެފައެވެ.

މިއީ މޮޅު ހޯދަށް ކުލަ ބަދަލުކުރާ ފަރާތްތަކަށް ލިބިގެންދިޔަ ފިލާވަޅެކެވެ.