ޚަބަރު

އިޒްރޭލުގެ ޕާސްޕޯޓް މަނާ ކުރަން މުއިއްޒު ދެކޮޅަ ހައްދަވައިފި!

ދިޔަވަރު
އިޒްރޭލުގެ ޕާސްޕޯޓް މަނާ ކުރަން މުއިއްޒު ދެކޮޅަ ހައްދަވައިފި!

ރާއްޖެއަށް އިޒްރޭލުގެ ރައްޔިތުން އައުން މަނާކުރަން ލަފާދީ ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަނީ ސިޓީ އެއް ފޮނުވާފައެވެ. މަޖިލީހުގެ ދައުރު އަދާކޮށް ރައީސް އޮފީހަށް ސިޓީ ފޮނުވުމުން، މަޖިލީހަށްވެސް އަދި އާންމު ރައްޔިތުންނަށްވެސް މިކަމާއި ގުޅޭ އެއްވެސް ޖަވާބެއް މިހާތަނަށް މުއިއްޒު ވަނީ ނުދެއްވާފައެވެ. އަދި އެ ސިޓީއާ ގުޅޭ ގޮތުން ސުވާލު ނޫސްވެިން ސުވާލު ކުރުމުން، އެކަމަށް ދޭނެ ޖަވާބެއް ނެތް ކަމަށް އެ އޮފީހުން މިއަދު ބުނެފި އެވެ.

ރައީސް އޮފީހުން ނަން ނުޖެހުމަށް އެދި ކުރިން މައުލޫމާތު ދެއްވި ފަރާތަކުން ހާމަ ކުރީ، މުއިއްޒު އުޅުއްވަނީ ޕާސްޕޯޓް މަނާ ނުކޮށް، މިކަން ދިގު ދަންމާލުމަށް ކަމަށެވެ. އަދި ގަތުލު އާންމަށް މުހާތަބުކޮށް "މިކަންތައްގަނޑު" ނިމުމުން، ދިވެހިން ހަނދާން ނެތިދާނެ ކަމަށް މުއިއްޒު ވިދާޅުވިކަމަށް ވެއެވެ.

މުއިއްޒުގެ ހުވާ ކުުރުމުގެ ރަސްމިއްޔާތަށް އެމެރިކާއިން އައީ، ފަލަސްތީނުގެ ވާހަކަ ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ނުދެއްކުމަށް ޝަރުތު ކޮށްގެންނެވެ. އަދި އެފަރާތްތަކަށް މުއިއްޒު ވަނީ މެންދުރުގެ ރަސްމީ ފަރީއްކުޅުއްވުމެއްވެސް އަރުވާފައެވެ. ރާއްޖޭގައި ހުރި އެމެރިކާ އެމްބަސީ މެދުވެރިކޮށް މުއިއްޒަށް އަންގާ އުސޫލުން މެނުވީ، ފަލަސްތީނުގެ އެއްވެސް ކަމެއްގައި މުއިއްޒު އަމަލު ނުކުރާނެ ކަމަށް މުއިއްޒުގެ އަރިސް ފަރާތަކުން ހާމަ ކުރިއެވެ.

ރާއްޖޭގެ ނޫހަކުން، ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ނޮވެމްބަރު 16، ގައި ރައީސް އޮފީހަށް ފޮނުވި ސިޓީއާ ގުޅޭ ގޮތުން ސުވާލު ކުރުމުން ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލު ވިދާޅުވީ "މިވަގުތު ތ ސުވާލަށް އަރުވާނެ ވަކި ޖަވާބެއް ނެތް" ކަމަށެވެ.

"މިއީ ރައްޔިތުންގެ މަޖިލީހާއި ކެބިނެޓާއި ގުޅިގެން ކުރައްވާފައި އޮތް ސުވާލަކަށް ވާތީ މިވަގުތު ތިސުވާލަށް އަރުވާނެ ވަކި ޖަވާބެއް ނެތް،" ހަލީލު ވިދާޅުވި އެވެ.

އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރަން ރައީސްއަށް ލަފާ އަރުވަން މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ނިންމީ އެ ކޮމިޓީގެ ހިމެނޭ މެންބަރުންގެ އިއްތިފާގުންނެވެ. އެގޮތަށް ނިންމީ، އިޒްރޭލު ޕާސްޕޯޓު މަނާ ކުރަން ގޮވާލާ މަޖިލީހުގެ އިދާރާ ކައިރި މުޒާހަރާ ކުރުމުން އެ މަޖިލީހުގެ މެންބަރު އަހުމަދު ހައިތަމް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

އިޒްރޭލު ޕާސްޕޯޓު މަނާ ކުރަން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށް ނިންމައި އެ ސިޓީ މަޖިލީހުން ފޮނުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފަހު ދުވަހު، ނޮވެމްބަރު 16، ގައި ކަމަށް މަޖިލީހުން ބުނެ އެވެ.

ޑިސެމްބަރު 5، ގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒު ވިދާޅުވީ އިޒްރޭލުގެ ޕާސްޕޯޓުގެ މައްސަލަ ކެބިނެޓާ ހަމައަށް ގެންނަވާނެ ކަމަށާއި އެ މައްސަލަ ދިރާސާ ކުރެއްވުމަށްފަހު އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ. ނަމަވެސް، މުއިއްޒު އެކަމާއި މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅުވާފައެއް ނުވެއެވެ. އަދި ކެބިނެޓަށްވެސް އެ މައްސަލަ ގެންގޮސްފައެއްް ނުވެއެވެ. އަދި އިޒްރޭލުގެ ޕާސްޕޯޓާއި މެދު މިސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅަން ނުކެރޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ސަރުކާރު ތެރެއިން ދިޔަވަރު ނޫހަށް މައުލޫމާތު ދިން ފަރާތުން ހާމަ ކުރިއެވެ.

އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމަށް 75 އަހަރުވެފައިވާއިރު ވޭތުވެދިޔަ ދެ މަސްދުވަހު ގާޒާއަށް މެދުނުކެނޑި ބޮންއަޅާތާ ދެ މަހަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. އެ ހަމަލާތަކުގައި މަރުވި ފަލަސްތީނު މީހުންގެ އަދަދު 17،000 އަށް ވުރެ މައްޗަށް އަރަ އެވެ. އޭގެ ތެރޭގައި 7،000 އަށްވުރެ ގިނަ ކުޑަކުދިން ހިމެނެ އެވެ.