ޚަބަރު

ހުޅުމާލޭ ގޭންގެއްގެ ކާރެެއް ތެރެއިން 69 ފުޅި ބަނގުރާ ފެނިއްޖެ! މަސްތުވާތަކެތީގެ މައްސަލަތައްވެސް އިތުރުވާން ފަށައިފި!

ދިޔަވަރު
ހުޅުމާލޭ ގޭންގެއްގެ ކާރެެއް ތެރެއިން 69 ފުޅި ބަނގުރާ ފެނިއްޖެ! މަސްތުވާތަކެތީގެ މައްސަލަތައްވެސް އިތުރުވާން ފަށައިފި!

ހުޅުމާލޭގައި ދުއްވި ކާރު ހުއްޓުވައި ބަލައި ފާސްކޮށް، އެ ކާރު ތެރެއިން 69 ފުޅި ބަނގުރާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެެސްފިއެވެ.

ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ބަނގުރާ ފުޅިތަކަކާއެކު ހައްުޔަރުކޮށްފައި ވަނީ 31 އަަހަރުގެ ބިދޭސީ ފިރިހެނެެކެވެ.

ފުލުހުން ވިދާޅުވީ، ޑިސެމްބަރު 11 ވަނަ ދުވަހު ކުރިއަށްގެންދިޔަ މި އޮޕަރޭޝަންގައި ހައްޔަރު ކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

މި މައްސަލަަ ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.