ފޮރިންގ ސެކެރެޓްރީގެ މަގާމަށް މިއަދު ހަމަޖެއްސެވި އިނާޔާ އަށް މަގާމު ހަމަޖައްސާފައިވަނީ، ފޮރިންގ ސާވިސް ޤާނޫނާއި ޚިލާފަށެވެ. ފޮރިންގ ސެކްރެޓަރީގެ މަޤާމަށް އާދެވޭނީ، ފޮރިންގ ސާރވިސްގައި ހުންނެވި ފަރާތެކެވެ. އެ ސަރވިސް އިން ބޭރު މީހަކަށް ފޮރިންގ މިނިސްޓްރީ ހިންގުން ހަވާލެއް ނުކުރެވޭނެވެ.
ފޮރިންގ މިނިސްޓްރީގެ ފޮރިންގ ސެކްރެޓަރީ މަގާމަކީ، ފޮރިންގ މިނިސްޓަރ އަށްވުރެ ބޮޑަށް ހިންގުމުގެ ބާރުތައް ދީފައިވާ މަޤާމެކެވެ. މި މަޤާމު މިގޮތަށް އުފައްދަވާފައި ވަނީ ސިޔާސީ ނުފޫޒު ފޮރިންގ ސަރވިސްގެ މައްޗަށް ނުފޯރުވައި، ހިންގުން ޕްރޮފެޝަނަލް ކުރުމުގެ ބޭނުމުގައެވެ.
އިނާޔާއަކީ ކުރިން ފޮރިންގ މިނިސްޓްރީގައި ސިޔާސީ އެކްޓިވެސްޓެއް ގޮތުގައި އުޅުނު ފަރާތެކެވެ. ޕީޕީއެމް ސިޔާސީ އެކްޓިވެސްޓެއްގެ ރޯލް އަދާ ކުރާތީ އާއި، އަޚްލާގީ މައްސަލަ ތަކެއްގެ ސަބަބުން ވަޒީފާއިން ވަކި ކޮށްފައިވާ އިނާޔާއަކީ މިހާރުވެސް ސޯޝަލް މީޑިޔާގައި އެކި އެކައުންޓުތަކުން ދޮގު މައުލޫމާތު ފެތުރުމުގައި އުޅުއްވާ ފަރާތެކެވެ.
ފޮރިންގ ސާވިސްގެ ތެރެއިން އެ މަޤާމަށް ޝަރުތު ހަމަވާ އެތައް ބަޔަކު ތިއްބާ، ދުރުން ގެނައި އަޚްލާގު ދަށް ސިޔާސީ އެކްޓިވިސްޓަކަށް ގައުމުގެ ފޮރިންގ ސެކްޓްރީ ކަން ހަވާލުކުރުމުން ފޮރިންގ މިނިސްޓްރީ ތެރޭގައި ސަރުކާރާއި މެދު ނުތަނަވަސްކަން އުފެދިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.