އިންޑިޔާއާއި މެދު ދޮގު ތުހުމަތުކޮށް، ބަދުނާމު ކުރުމަށްފަހު، ފިޔާ ހޯދަން އިންޑިޔާގެ އެމްބަސަޑަރ އާއި އެކޮނޮމިކް މިނިސްޓަރ ސައީދު ބައްދަލުކޮށްފިއެވެ. އެކޮނޮމިކް މިނިސްޓަރ އެދިގެން ބޭއްވި މި މީޓިންގ ގައި ވާހަކަ ދައްކާފައިވަނީ ރާއްޖެއަށް ފިޔާ ހޯދުމަށް ހާއްސް ހުއްދައެއް ދިނުމާއި ގުޅޭ ގޮތުން ކަމަށް، އެކޮނޮމިކް މިނިސްޓްރީގެ ފަރާތުން މައުލޫމާތު ދެއްވި މުއައްޒަފަކު ކިޔައިދެއްވިއެވެ.
ވެރިކަމަށް އައުމަށް ޓަކައި، އިންޑިޔާ އާއި ދެކޮޅަށް ހައްދުފަހަނަ އެޅި ޤައުމިއްޔަތުގެ ކެމްޕެއިނެއް މުއިއްޒު ހިންގާފައިވަނީ އިންޑިޔާގެ އެތައް ހާސް ސިފައިންނެއް ރާއްޖޭގައި ތިބި ކަމަށް ބުނެއެވެ. ނަމަވެސް، އެއީ ހަޤީގަތެއް ނޫންކަން ސަރުކާރަށް އައިސް ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުން ވަނީ އެނގިފައެވެ. ރާއްޖޭގައި ޖުމްލަ ތިބީ 77 އިންޑިޔާ ސިފައިން ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. މިއަދަދު މަދުވެގެން ރައްޔިތުން ޝަކުވާ ކުރުމުން ސަރުކާރުން ދަނީ، އިތުރު ސިފައިން ތިބެދާނެ ކަމަށް ބުނެ އަދި ވެސް ދަނީ އޮޅުވާލަމުންނެވެ.
އިންޑިޔާއިން ފިޔާ އެކްސްޕޯޓް ކުރުން ހުއްޓާލާފައިވަނީ އިންޑިޔާގައި ފިޔާ އަގުބޮޑުވެ، ކާބޯތަކެތީގެ އަގުތައް ބޮޑުވަމުން ދާތީ އެކަމަށް ހައްލެއް ހޯދުމަށްޓަކައެވެ.
އަވަށްޓެރި ޤައުމުތަކާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުމަށް ބުރު އަރާ ގޮތަށް، މުއިއްޒާއި ޕީއެންސީ ޕީޕީއެމް އިން ވަނީ މަސައްކަތް ކޮށްފައެވެ.