ރައީސް މުއިއްޒުގެ ސިޔާސީ ވައުދެއްގެ ގޮތުގައި, ދައުލަތުގެ އޭވިއޭޝަން ކުންފުނި އައިލޭންޑް އޭވިއޭޝަން (މޯލްޑިވިއަން)ގެ ހިއްސާ މަހުޖަނު އުއްޗުއަށް ވިއްކާލަން ހަމަޖައްސާފައިވާކަން "ދިޔަވަރު އޮންލައިން" އަށް ކަށަވަރު ކުރެއްވިއްޖެއެވެ.
މައުލޫމާތު އެނގިހުރި މި ސަރުކާރުގެ އިސް އޮފިޝަލަކު "ދިޔަވަރު އޮންލައިން" އަށް މައުލޫމާތު ދިން ގޮތުގައި މަހުޖަނު މުހައްމަދު މޫސާ, "އުއްޗު" ވަނީ ރިޔާސީ އިންތިޚާބުގެ ދެ ބުރުގެ މަތިން ޑރ. މުއިއްޒުގެ ރިޔާސީ ކެމްޕޭނަށް 200 މިލިއަން ރުފިޔާ ފަންޑު ކޮށްދީފައެވެ. އަދި އޭގެ ބަދަލެއްގެ ގޮތުގައި އުއްޗުއަށް އައިލޭންޑް އޭވިއޭޝަންގެ ހިއްސާ ވިއްކާލުމަށް މުއިއްޒުވަނީ އުއްޗުއަށް ވައުދު ވެފައެވެ.
އެހެންނަމަވެސް, ރިޔާސީ ވައުދެއްގެ ގޮތުގައި މުއިއްޒު އުއްޗުއަށް ވިއްލާކަން ނިންމާފައިވަނީ ދައުލަތުގެ އޭވިއޭޝަން ކުންފުނީގެ ކިހާ ހިއްސާއެއްކަމެެއް އަދި ޔަގީން ކުރެވިފައެއް ނުވެއެވެ.
އެހެންނަމަވެސް ދައުލަތުގެ އަގުހުރި އެސެޓްތައް ރައީސް މުއިއްޒުގެ ރިޔާސީ ވައުދު ފުއްދުމަށް ގުރުބާންކޮށް, މުއްސަނދި މަހުޖަނުންނަށް ނުއަގުގައި ވިއްކާލުމަކީ ވިޔަފާރަވެރިންނާއި އަދި ޚާއްސަކޮށް ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮންނާނޭ ކަމެކެވެ. އަދި އެއީ އަމިއްލަ މަސްލަހަތުގައި އެގޮތަށް ކުރެވިގެންވާނޭ ކަމެއް ނޫންކަންވެސް މިފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ,
އައިލޭންޑް އޭވިއޭޝަންއަކީ ފާއިތުވެދިޔަ ތަނުގައި ބޮޑު ފައިދާއެއް ނެތި ހިނގަމުން އައިސްފައިވާ ކުންފުންނެއް ނަމަވެސް އެކުންފުނިން ފަހަކަށް އައިސް ވަނީ އާ ބޯޓުތައް ގެނެސް ބޭރުގެ އެހެން މަންޒިލްތަކަށްވެސް ދަތުރުތައް ފުޅާ ކޮށްފައެވެ. އެއާއެކު ކުންފުނި ވަނީ މާލީގޮތުން ވަރުގަދަވާންވެސް ފަށާފައެވެ.
އައިލޭންޑް އޭވިއޭޝަންއިން ފަހުންވަނީ އެއަރޓެކްސީގެ ދަތުރުތައްވެސް ފެށުމަށް އަމާޒު ހިފާފައެވެ. އެހެންކަމުން އެކުންފުންޏަކީ ދައުލަތަށް ބޮޑު ނަފާއެއް ހޯދާދެވޭނެ, މިހާރު ދިވެހި ދައުލަތުގެ އެންމެ އަގުބޮޑު އެއް އެސެޓްގެ ގޮތުގައި އޮތް ކުންފުންޏެވެ.
ކޯވިޑް19އާއި އެކުވެސް އަދި އޭގެ ފަހުންވެސް ދުނިޔޭގައި އެންމެ ބޮޑު ފައިދާއަކާއެކީ, އިނދަ ނުޖެހި ކުރިޔަށް ގޮސްފައިވާ ވިޔަފާރިއަކީ އޭވިއޭޝަން ވިޔަފާރިއެވެ.