ޚަބަރު

ފުށިދިއްގަރު ފަޅުގެ މަޝްރޫޢު ހިއްކަން ސިއްރުން މިރޭ ސޮއެ ކޮށްފި! މަޖިލީސް އިންތިހާބަށް 100 މިލިއަން ސީއެމްސީ އިން ނަގާ ގޮތަށް ޑީލް ހަދައިފި!

ދިޔަވަރު
ފުށިދިއްގަރު ފަޅުގެ މަޝްރޫޢު ހިއްކަން ސިއްރުން މިރޭ ސޮއެ ކޮށްފި! މަޖިލީސް އިންތިހާބަށް 100 މިލިއަން ސީއެމްސީ އިން ނަގާ ގޮތަށް ޑީލް ހަދައިފި!

ރައްޔިތުން މަޖިލީހުން ބަޖެޓް ކޮށް ނުދިނުމުން، އެޗްޑީސީގައި ހުރި ފައިސާ ކޮޅު، ބޭނުން ކޮށްގެން ފުށިދިއްގަރުފަޅު ހިއްކަން ބަޔަކާއި ކުއްލިއަކަށް ސިއްރުން މިރޭ އެޗްޑީސީގައި ސޮއެ ކޮށްފިއެވެ. ސޮއެ ކޮށްފައިވަނީ ސީއެމްސީ ކިޔާ ލަންކާ ކުންފުންޏަކާއެވެ.

މާލެގެ ދެކުނުން 16 ކިލޯމީޓަރު ދުރުގައިވާ ބިޔަ ފަޅު ހިއްކައި އެތަން އާބާދުކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެހެންވެ، އެ މަޝްރޫއު ފެށުމަށް އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް 400 މިލިއަން ރުފިޔާ ޖެހި އެވެ. ނަމަވެސް މި މަޝްރޫއަކީ މާލޭ މީހުން މާލެއިން ބާލައި، ރާއްޖެތެރޭ މީހުން މާލެ އަށް ނޭރުވުމަށް މުއިއްޒު ހިންގާ މަޝްރޫޢަކަށް ވުމަށް، މި މަޝްރޫއަށް ދިވެހި ރައްޔިތުންގެ ތަޢީދެއް ނެތެވެ.

މަޖިލީހުގެ އިންތިހާބަށް ފައިސާ ހޯދުމަށް، ތުރުކީއަށް ކުރި ދަތުރު ނާކާމިޔާބު ވުމުން، މުއިއްޒު ވަނީ ފުށިދިއްގަރުފަޅު މަޝްރޫޢު ހިއްކުން އަވަސްކުރަން ނިންމާފައެވެ. މުއިއްޒަށް މަޖިލީސް ނުލިބިއްޖެ ނަމަ، ވެރިކަން ގެއްލިދާނެ ކަމުގެ ބިރު ހީވެ، ޤައުމު ވިއްކައިގެން ވިޔަސް އެކި ދިމަ ދިމާލުން ފައިސާ ހޯދުމަށް މުއިއްޒު ދަނީ މަސައްކަތް ކުރަމުންނެވެ.

އެތައް ސަތޭކަ މިލިއަން ޑޮލަރު ހޭދަކޮށްގެން ފުށިދިއްގަރުފަޅު ތަރައްގީކުރިޔަސް، މާލެ އާއި އެ ފަޅާދެމެދު އޮތް މާކަނޑަކީ، ވަރަށް ގަދަ ކަނޑެކެވެ. އެ ދެމެދުގައި ބްރިޖެއް ނޭޅޭނެ ކަމަށް މުއިއްޒުގެ ހައުސިން މިނިސްޓަރ ވަނީ ބުނެފައެވެ.

ފުށިދިއްގަރުފަޅު މަޝްރޫއުއާ ގުޅޭ ގޮތުން ކުރިން އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އާދަމް އާޒިމް ވިދާޅުވީ އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި ނަމަ ދައުލަތުގެ މާލިއްޔަތުން 100 މިލިއަން ޑޮލަރު ސަލާމަތް ކުރެވޭނެ ކަމަށެވެ.