ޚަބަރު

ބްރޯޑްކޮމްގެ ރައީސްގެ ގޮތުގައި ހުރެ އެތައް ނޫހަކަށް ނުހައްޤުން ފިޔަވަޅު އެޅި، ޝަހީބު ސަރުކާރުގެ ތަރުޖަމާނަކަށް؟

ދިޔަވަރު
ބްރޯޑްކޮމްގެ ރައީސްގެ ގޮތުގައި ހުރެ އެތައް ނޫހަކަށް ނުހައްޤުން ފިޔަވަޅު އެޅި، ޝަހީބު ސަރުކާރުގެ ތަރުޖަމާނަކަށް؟

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި، ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ރައީސްގެ މަގާމު އަދާކުރެއްވި މުހައްމަދު ޝަހީބު ސަރުކާރުގެ ތަރުޖަމާނަކަށް ހަމަޖައްސަން ރާވާފައި އޮތްކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

ޝހީބު އަކީ އޭރު ނޫސްވެރިންނާއި، ނޫސްތަކަށް ދިން ހަމަލާތަކުގެ އެއް މޭސްތިރިއެވެ. ރާއްޖެ ޓީވީ އެތައް މިލިއަން އަކުން ޖޫރީ މަނާކޮށް، އެތައް ފިޔަވަޅެއް މިނިވަން ނޫސްވެރިކަމާއި ދެކޮޅަށް ޝަހީބު ވަނީ އަޅާފައެވެ. ނޫސްވެރިންގެ އަޑު ކަނޑުވާލަން އޭރު ކުރި މަސައްކަތައް ހައްދުން ނެއްޓި، އެއް ނޫސްވެރިއަކު ގެއްލި، އިތުރު ނޫސް ވެރިއަކު ވަނީ މަރާވެސް ލާފައެވެ.

އޭރު މުހައްމަދު ޝަހީބު ވަނީ ސަރުކާރުގެ އިދާރާ ތަކާއި، ގާތް ގުޅުމެއް ބާއްވައި، ޔާމީނުގެ ހިޔަލުގައި އުޅުއްވި މީހެކެވެ.

ސަރުކާރަށް ތިން ހަފްތާ ވެފައި ވާއިރު، ތަރުޖަމާނަކު އައްޔަންކޮށްފައި ނުވާތީ ނޫސްވެރިންގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. މިހާތަނަށް ސަރުކާރުގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތު ފޯރުކޮށްދެއްވަމުން އައިސްފައި ވަނީ، ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު ހޭޔަންބޯ އިބްރާހިމް ހަލީލެވެ.