ޚަބަރު

ސަރުކާރުން ގެރެންޓީ ދީގެން އާބަންކޯއިން އެމްއައިބީން 200 މިލިއަން ރުފިޔާގެ ބޮޑު ލޯނު ނަގައިފި

ދިޔަވަރު
ސަރުކާރުން ގެރެންޓީ ދީގެން އާބަންކޯއިން އެމްއައިބީން 200 މިލިއަން ރުފިޔާގެ ބޮޑު ލޯނު ނަގައިފި

އާބަންކޯއަށް ބޭނުންވާ ވޯކިން ކެޕިޓަލް ހަމަޖެއްސުމަށް ސަރުކާރުން ގެރެންޓީ ދީގެން މޯލްޑިވްސް އިސްލާމިކް ބޭންކް(އެމްއައިބީ) އިން 200 މިލިއަން ރުފިޔާގެ ލޯނު ނަގައިފި އެވެ.

އިއްޔެ ބޭއްވި ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އާ ހިއްސާކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި ސަރުކާރުން ސޮވަރިން ގެރެންޓީ ދީގެން އާބަންކޯއަށް އެމްއައިބީން ވަނީ ދެ ލޯނެއް ހަމަޖައްސައިދީފަ އެވެ. އެއީ ރުފިޔާއިން ނެގި ލޯނަކާއި ޑޮލަރުން ނެގި ލޯނެކެެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް އެ މައުލޫމާތު ދީފައިވާ ކަން ހާމަކުރީ އެ ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގަ އެެވެ.

އޭގެ ތެރެއިން ރުުފިޔާއިން ނެގި ލޯނަށް 100 މިލިއަން ރުފިޔާ އަރާއިރު ޑޮލަރުން ނަގާފައިވަނީ 6.5 މިލިއަން (100.2 މިލއިަން ރުފިޔާ)ގެ ލޯނެކެވެ. މި ދެ ލޯނު ނަގާފައިވަނީ މިދިޔަ ސެޕްޓެމްބަރު 20 ގަ އެވެ.

ކޮމިޓީގައި އާއްމު ކުރި މައުލޫތުން އިނގޭ ގޮތުގައި މި ދެލޯނުވެސް އަނބުރާ ދައްކަން ފަށަން ޖެހެނީ އެގްރިމަންޓުގައި ސޮއިކުރާތާ 30 މަސް ފަހުންނެވެ. އަދި އިންޓްރެސްޓް ރޭޓަކީ ހަތް ޕަސެންޓެވެ. މީގެ ތެރެއިން 100 މިލިއަން ރުފިޔާގެ ލޯނުގެ ޕްރޮސެސިން ފީއަށް އެއް މިލިއަން ރުފިޔާ ނަގާފައިވާއިރު އިންޓަރެސްޓާ އެކީ 111.3 މިލިއަން ރުފިޔާ ދައްކަންޖެހެ އެވެ. އަދި ދެ ލޯނުވެސް އަނބުރާ ދައްކައި ނިމޭނެ ކަމަށް ލަފާކުރަނީ 2025ގަ އެވެ.

ނަމަވެސް ޑޮލަރުން ނެގި ލޯނުގެ އިތުރު ތަފްސީލުތަކުގައި މައްސަލައެއް އުޅޭތީ އެކަން އަލުން އޮޅުން ފިލުވަން މާލިއްުޔަތު ކޮމިޓީން ވަނީ ނިންމާފަ އެވެ.