އާމިރު މަންސޫރުގެ ރެސްޓޯރަންޓްތަކަށް ބީޗް ވިއު ގެއްލޭތީ ހުޅުމާލެ ފޭސް 3 ގައި ހިއްކަމުން ދިޔަ މަސައްކަތް ހުއްޓުވައިފިއެވެ. ފޭސް 3 ގެ ސަރަހައްދު ހިއްކަމުން ދަނީ، ހުޅުމާލެއިން ގޯތި ލިބުނު މީހުންނަށް ގޯތި ދިނުމަށެވެ. އަދި އިޤްތިޞާދީ އެހެން ބޭނުން ތަކަށެވެ. ނަމަވެސް، މިކަމުގެ ސަބަބުން އެސްޓީއޯގެ ޗެއަރމަން އަކަށް މުއިއްޒު އައްޔަން ކުރި އޭނާގެ، ކެމްޕެއިނަށް ގިނަ އަދަދެއްގެ ފައިސާ ޚަރަދު ކޮށްފައިވާ، ލިލީގެ ހިއްސާދާރު، އާމިރު މަންސޫރުގެ ރެސްޓޯރެންޓް ވިޔަފާރިތަކަށް ހާއްސަކޮށް މޭރީ ބްރައުންއަށް ލިބިފައިވާ ރީތީ ސީ ވިއު ގެއްލިދާނެތީ މުއިއްޒާއި ވާހަކަ ދައްކައިގެން އެތަން ހިއްކުން ވަނީ ހުއްޓުވާފައެވެ.
ހުޅުމާލެއިގެ، ފޭސް 3 އިން ގޯތި ލިބެން ހަމަޖެހިފައިވާ ފަރާތްތަކަށް ގޯތި ދިނުމަށް، މުއިއްޒު ނިންމަވާފައިވަނީ މާލެއިން މާލެ ރައްޔިތުން ބޭލުމަށް މުއިއްޒު ހިންގާ ފުށި ދިއްގަރު ފަޅުގެ މަޝްރޫއަށެވެ. އެތަނަކީ މާލެއާއި އެއްވެސް ގުޅުމެއް ނެތް އަދި، ބްރިޖެއް ވެސް ތަނެއް ކަމަށް މުއިއްޒުގެ ހައުސިން މިނިސްޓަރ ވިދާޅުވެފައިވާ ތަނެވެ.
މިކަމުގެ ނުރުހުން ގޯތި ލިބުނު ފަރާތްތަކުގެ މެދުގައި ބޮޑުވެ، މޭރީ ބުރައުން އާއި، އާމިރު މަންސޫރުގެ އެހެނިހެން ވިޔަފާރިތައް ބޮއިކޮޓް ކުރުމަށް ދަނީ ގޮވާލަމުންނެވެ. ދިވެހިންގެ ރާއްޖެއަކީ މިހާރު ލިލީސްޓޯރ ޕވޓ ލޓޑ އިން ހިނގާ ކުޑަ ކުންފުންޏެއްތޯ މީހަކު ސޯޝަލް މީޑިޔާގައި ސުވާލު ކޮށްފައިވެއެވެ.
އާމިރު މަންސޫރުވަނީ މުއިއްޒުގެ ކެމްޕެއިނަށް 600 މިލިއަން ރުފިޔާ ޚަރަދު ކޮށްފައެވެ. މުއިއްޒުގެ މުޅި ސަރުކާރު އޮތީ އާމިރު މަންސޫރަށް ދަރާފައެވެ. އެ ދަރަނި އަދާކުރުމުގައި، މާލޭގެ ރައްޔިތުންގެ ގޯތިތައް ހުޅުމާލެއިން ނުލިބުމަކީ އޭގެ ކުޑަ މިންވަރެކެވެ. ކުރިއަށް އޮތްތާގައި ރައްޔިތުންގެ އިތުރު އެތައް ހައްޤުތައް ގުރުބާން ކުރުމާއި، ރައްޔިތުން ހޯދާ ޓެކްސް ފައިސާ އިން އެ ދަރަނި އަދާކުރުމާއި، ސަރުކާރުގެ ބޮޑެތި ޕްރޮޖެކްޓްތަކާއި، އެސްޓީއޯގެ ޕްރޮޑަކްޓަތަކުގެ ސޯލް ޑިސްޓްރިބިއުޝަން އާމިރު މަންސޫރަށް ދީގެނުމާއި، އަލަށް ހުޅުވާ އެއަރޕޯޓް ގެ ޑިއުޓީފުރީގެ ބޮޑު ބައެއް އާމިރު މަންސޫރަށް ދިނުމަށް ހަމަޖެހިފައިވެއެވެ.