ރައީސް ޑރ. މުހައްމަދު މުއިއްޒު، އިތުރު 13 ބޭފުޅަކަށް ސްޓޭޓް މިނިސްޓަރުކަމަށް އައްޔަންކުރައްވައި މަގާމުގެ ފަތްކޮޅު ހަވާލުކޮށްފި އެވެ.
އެ 13 ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު އަރުވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ހަ އަންހެން ބޭފުޅުންނާއި ހަތް ފިރިހެން ބޭފުޅުންނެވެ.
މިއަދު ސްޓޭޓް މިނިސްޓަރުކަމުގެ ފަތްކޮޅު އެރުވި ބޭފުޅުންނަކީ:
ފޮރިން އެފެއާޒް - ޝެރީނާ އަބްދުއްސަމަދު، ސ. މަރަދޫ، ސަނީޑޭލް
ފިނޭންސް މިނިސްޓްރީ - ޒިދުނާ އިބްރާހީމް، ސ. ހުޅުދޫ، ޖަމްނާ
އެޑިޔުކޭޝަން މިނިސްޓްރީ - އާއިޝަތު ސަފޫރާ، ސ. ފޭދޫ، އީރާނުގެ
ހެލްތު މިނިސްޓްރީ - މުހައްމަދު ޒަހީން، ހއ. ކެލާ، އުފަންވެލި
ހެލްތު މިނިސްޓްރީ - އާމިނަތު ޝިރުނާ، މއ. ދަޑިކޮށީއިރުމަތީގެ
ޓޫރިޒަމް މިނިސްޓްރީ - އަހުމަދު ނާޒިމް މުހައްމަދު، ގއ. ދެއްވަދޫ، ނާރެސް
އިސްލާމިކް އެފެއާޒް - އަބްދުﷲ ސައުދާން، މ. ޕެޓީބާރޑް
ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީ - މަރްޔަމް އަޒުރާ އަހުމަދު، މ. ހުކުރަދިގެ
ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީ - އަޙްމަދު އާތިފް، އއ. ފެރިދޫ، ޝަބްނަމްގެ
ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީ - އާއިޝަތު ޒުހުރުބާނު، ލ. ފޮނަދޫ، ހުރާ
އެންވަޔަރަންމަންޓް މިނިސްޓްރީ - އިބްރާހީމް މިމްރާޙް، ރ. އިންނަމާދޫ، ސީތާ
ޔޫތު މިނިސްޓްރީ - އަބްދުއްލަތީފް އަހުމަދު ، ދަފްތަރު. ނަންބަރު ރސ 2345.
ލޯކަލް ގަވަމަންޓް މިނިސްޓްރީ - މުހައްމަދު މާހިރު، ގ. ގާކޮށި ފްލެޓް ބީ110
މިވަގުތު ރައީސް އޮފީސް ހިމެނޭހެން ސަރުކާރުގެ ހުރިހާ ވުޒާރާއެއްގައި 65 ސްޓޭޓް މިނިސްޓަރުން އެބަ ތިއްބެވި އެވެ. ޑެޕިއުޓީ މިނިސްޓަރު ކަމުގައި 75 ބޭފުޅަކު އެބަ ތިއްބެވި އެވެ. މިނިސްޓަރު ފެންވަރުގެ 19 ބޭފުޅަކު އެބަތިއްބެވި އެވެ. ކެބިނެޓުގައި 22 ވަޒީރުން އެބަ ތިއްބެވި އެވެ.