ޚަބަރު

އެމްޑީޕީ ސަރުކާރުން ނިންމި 512 ފްލެޓް ފެބުރުއަރީގައި ހަވާލުކުރަނީ

ދިޔަވަރު
އެމްޑީޕީ ސަރުކާރުން ނިންމި 512 ފްލެޓް ފެބުރުއަރީގައި ހަވާލުކުރަނީ

އަންނަ އަހަރުގެ ފެބުރުއަރީއަށް 500 އަށް ވުރެން ގިނަ ފްލެޓް ނިންމައި ހަވާލު ކުރެވޭނެ ކަމަށާއި އަހަރު ނިމެންވާ އިރަށް ބާކީ ހުރި ފްލެޓްތައް ވެސް ނިންމަން މަސައްކަތް ކުރަމުން އަންނަ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލު އިއްޔެ ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގައި އިމާރާތްކުރަމުން އަންނަ "އަމާން ދޯދި" މޮކް-އަޕް ދައްކާލަން ބޭއްވި ރަސްމިއްޔާތަށް ފަހު ނޫސްވެރިންނަށް ޝަކީލު ވިދާޅުވީ ފުރަތަމަ ހަތަރު ޓަވަރު އަންނަ އަހަރުގެ ފެބުރުއަރީ އަށް ނިމެނޭ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ޓަވަރުތަކުގެ 95 ޕަސެންޓް މަސައްކަތް ވަނީ ނިމިފަ އެވެ. މިހާރު ކުރަމުން އަންނަނީ ފިނިޝިންގެ މަދު މަސައްކަތްތަކެއް ކަމަށާއި ނިމުނުހާ އަވަހަކަށް އެތަންތަން ހަވާލުކުރާނެ ކަމަށް ހަމްދާން ވިދާޅުވި އެވެ.

ހަމްދާން ވިދާޅުވީ ފްލެޓްތަކުގެ ކޮންސްޓްރަކްޝަން ސްޕީޑު އަވަސް ކުރަން މިހާރު ވަނީ ބައެއް ކަންކަމަށް ބަދަލުތަކެއް ގެނެސްފައި ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ފެބްރުއަރީއަށް ފަހު، ކޮންމެ ދެ މަހަކުން ފްލެޓެއް ނިންމައި ހަވާލުކުރެވޭނެ އެވެ.

މި ފްލެޓްތަކުގެ ގިނަ މަސައްކަތްތައް ހުރީ ނިމިފައެވެ. ނަމަވެސް އޭނާ ވިދާޅުވީ، "އަޅުގަނޑުގެ އަމާޒަކީ [އަންނަ އަހަރު] ޑިސެމްބަރު 31ގެ ކުރިން 32ޓަވަރު ނިންމާލުން،" ކަމަށެވެ.