ރައީސް މުއިއްޒުގެ އިސް މުޝީދުކަމަށް އައްޔަން ކޮށްފައިވާ, ޕީއެންސީގެ ޗެއަރޕާސަން އަބުދުއްރަހީމެ ދޮށީ ބޭބެއަށް ސްޓޭޓް މިނިސްޓރުކަން ދީފިއެވެ.
އަބުދުއްރަހީމްގެ ބޭބެ, އިސްމާޢީލް ޢަބްދުﷲ ހަމަޖައްސަވާފައިވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތްގެ މަގާމަށެވެ.
އަބުދުއްރަހީމްގެ ދޮށީ ބޭބެ މި ސަރުކާރުގެ ސްޓޭޓް މިނިސްޓަރުކަމަށް އައްޔަން ކޮށްފައިވާއިރު, އޭނާގެ ދަރިފުޅަށް ވަނީ ޓުއަރިޒަމް މިނިސްޓަރުކަން ދީފައެވެ.
މިގޮތުން, އަބުދުއްރަހީމް އާއީލީ ބޭފުޅުންނާއި އަދި އޭގެ އިތުރުން އަބުދުއްރަހީމްގެ އެންމެ ގާތް މިތުރުންނަށް ދީފައިވާ މަގާމްތަކުގެ އަދަދަށް ބަލާއިރު, އަބުދުއްރަހީމަށް އެކަނި ލިބިފައިވާ މަގާމްތަކުގެ އަދަދު މިހާރު ވަނީ ވަނީ 60 އާއި ގާތް ކޮށްފައެވެ.
ތިރީގައި މިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އަބުދުއްރަހީމަށް ދިނުމަށް މިހާރު ހަމަޖެހިފައިވާ މަގާމްތަކާއި އަދި އަބުދުއްރަހީމްގެ ”ލޯޔަލިސްޓުން“ އައްޔަން ކުރެވިފައިވާ މަގާމްތަކެވެ.
- ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓު (މިނިސްޓަރުން ފެންވަރުގަ) – އަބުދުއްރަހީމް
- ޓުއަރިޒަމް މިނިސްޓަރ – ފައިސަލް – އަބުދުއްރަހީމްގެ ދަރިފުޅު
- ރައީސް އޮފީހުގެ މިނިސްޓަރ – އަބުދުއްރަހީމްގެ ދަނބި ދަރިފުޅު
- މިނިސްޓަރ އޮފް ސްޓޭޓް – ޒުހުރުބާން – އަބުދުއްރަހީމްގެ ފަހަރި
- ޑެޕިއުޓީ އެމްބެސެޑަރ, މެލޭޝިއާ އެމްބަސީ – އަބުދުއްރަހީމްގެ ދަނބި ދަރުފުޅު
- ސްޓޭޓް މިނިސްޓަރ, އިކޮނޮމިކް މިނިސްޓްރީ – އަބުދުއްރަހީމްގެ އަންހެން ދަރިފުޅު
- ފަސްޓް ސެކެޓްރީ, މެލޭޝިއާ އެމްބަސީ – އަބުދުއްރަހީމްގެ އަންހެން ދަރިފުޅުގެ “ބޯއި ފްރެންޑް”
- މެނޭޖިން ޑިރެކްޓަރ ޒީނާ ޒާހިރު, އެމްބީސީ – އަބުދުއްރަހީމްގެ ދަނބި ދަރުފުޅުގެ ބޭބެގެ އަންހެނުން
- ފިނޭންސް މިނިސްޓަރ – އަބުދުއްރަހީމްގެ ރަށު ބޭފުޅެއް. އޭނާއަކީ އަބުދުއްރަހީމްގެ ތިމާގެ ކުއްޖަކު އިންނަން އުޅޭ ކުއްޖެއްގެ ބޭބެ
- އެސްއޯއީތަކުގެ ޑީއެމްޑީންގެ މަގާމްތައް – ގިނަ މަގާމްތަކަށް އަބުދުއްރަހީމް ބޭނުންވާ ބަޔަކު ލާގޮތަށް ވަނީ ހަމަޖެހިފަ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ މިހާތަނަށް މީޑިއާތަކަށް އެނގިފައިވާ, ރައީސް މުއިއްޒުގެ ސަރުކާރުގައި ސީދާ އަބުދުއްރަހީމް ބޭނުންވެގެން, ނުވަތަ ނުފޫޒު ފޯރުވައިގެން ދީފައިހުރި މަގާމް ތަކެވެ. އެހެންނަމަވެސް މީގެ އިތުރުންވެސް އިތުރު ގިނަ މަގާމްތަކަށް އަބުދުއްރަހީމް ބޭނުންވާ ގިނަބަޔަކު އަދިވެސް އައްޔަން ކުރެވިގެންދާނެ ކަމަށް ވަނީ ކަށަވަރުވެފައެވެ.
އެމައުލުމާތު ލިބުނުހާ އަވަހަކަށް ހިއްސާ ކުރެވޭނެއެވެ.