ރައީސް މުއިއްޒު ޓުއަރިޒަމް މިނިސްޓަރުކަން ދީފައިވާ, އިބުރާހިމް ފައިސަލްއަށް އެމްޑީޕީގެ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލިހުގެ ރުހުން ހޯދުމަށް އޭނާގެ ބައްޕަ, އަދި ރައީސް މުއިއްޒުގެ އިސް މުޝީރު އަބުދުއްރަހީމް އެމްޑީޕީގެ ޕީޖީގެ މެމްބަރުންނަށް ގުޅާ އާދޭސް ދަންނަވާ އަދި ރިޝްވަތު ހުށަހަޅަމުންދާ ކަމުގައި ބައެއް މެމްބަރުން ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު ޓުއަރިޒަމް މިނިސްޓަރުކަމަށް އައްޔަން ކުރެއްވި, އަބުދުއްރަހީމްގެ ދަރިފުޅު ގެ ދަރިފުޅަކީ ރުހުން ދިނުމަށް އެމްޑީޕީގެ ޕީޖީގެ ގިނަ މެމްބަރުން ދެކޮޅު ވަޒީރެކެވެ.
އެމްޑީޕީގެ ޕާލަމެންޓް މެމްބަރަކު ”ދިޔަވަރު“ އޮންލައިނަށް މައުލޫމާތު ދިން ގޮތުގައި އެމްޑީޕީގެ ޕީޖީން, މުއިއްޒު އައްޔަން ކުރެއްވި ވަޒީރުންގެ ތެރެއިން ރުހުން ނުދޭން މަޝްވަރާ ކޮށްފައިވަނީ 5 ވަޒީރަކަށް ކަމަށެވެ. އޭގެ ތެރެއިން 2 ވަޒީރަކަށް ރުހުން ނުދޭން މުޅި ޕީޖީ އިއްތިފާގުވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފުރަތަމަ ކަމަކީ އަބުދުއްރަހީމްގެ ދަރިފުޅުގެ ކިބައިގަ ރާއްޖޭގެ އިގްތިސާދާއި ގުޅުންއޮތް އެފަދަ ވުޒާރާއެއް ހިންގާނެ ގާބިލްކަމެއް ނެތް. ފުރަތަމަ ދުވަހު އެބޭފުޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ދެއްކި ވާހަކައިން އެކަނިވެސް އެގެން އެބައޮތް އޭނާއަށް އެ ވުޒާރާ ނުހިންގޭނެކަން. އަނެއްކަމަކީ އިންޑަސްޓަރީގެ އިސް ފަރާތްތައްވެސް އޭނާގެ މައްޗަށް އިތުބާރެއް ނެތް
”ދިޔަވަރު“ އޮންލައިންއަށް މައުލޫމާތު ދެމުން އެމްޑީޕީގެ ޕީޖީ ގުރޫޕުގެ މެމްބަރު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި އިނގިރޭސިބަހުން ރަގަޅަށް މުއާމަލާތު ކުރަން ނުދަން މީހަކު ފަތުރުވެރިކަމާބެހޭ ވަޒީރުކަމުގައި ހުންނެވުމުން, އެ ސިނާއަތުގެ ޝަކުވާތައް އަނހާ, ކަންކަން ހައްލު ކުރުމަށް މުއާމަލާތު ކުރުމުގައި ބޮޑެތި ގޮންޖެހުންތައް އެބަހުރި ކަމުގައެވެ.
އެމްޑީޕީގެ ޕީޖީ ގުރޫޕުގެ އެހެން މެމްބަރު "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން ގޮތުގައި އޭނާގެ ދަރިފުޅަށް މަޖިލިހުގެ ރުހުން ހޯދުމަށް އަބުދުއްރަހީމް ގެންދަވަނީ އޭނާއާއި ވެސް ގުޅުއްވަމުންނެވެ. އަދި ސަރުކާރުގެ ތެރެއިން ބޭނުންވަނީ ކޮންމެއްތޯ ސާފުކޮށް, ރިޝްވަތުގެ ފައިސާވެސް, ރުހުން ހޯދުމަށް އަބުދުއްރަހީމް ހުށަހަޅަމުންދާ ކަމުގައިވެސް "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން މެމްބަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެހެންނަމަވެސް އެފަދަ ނިންމުމަކީ ވަކިވަކި މެމްބަރުންނަށްވުރެ ބޮޑަށް, އެމްޑީޕީގެ މުޅި ޕީޖީގެ ނިންމުމެއް ކަމަށާއި, ވަކިވަކި ފަރުދުންނަށް އަބުދުއްރަހީމް ގުޅުއްވަމުން ގެންދެވިނަމަވެސް އެމްޑީޕީގެ މުޅި ޕީޖީގެ ވިސްނުން ބަދަލުވާނެކަމަށް ނުފެންނަ ކަމަށެވެ.