ޚަބަރު

ބަންގްލަދޭޝުން ލޭބަރުން ގެންނަން, ގާނޫނާ ޚިލާފަށް އަލުން ހުއްދަ ދީފި

ދިޔަވަރު
ބަންގްލަދޭޝުން ލޭބަރުން ގެންނަން,  ގާނޫނާ  ޚިލާފަށް އަލުން ހުއްދަ ދީފި

ބަންގްލަދޭޝުން ރާއްޖެއަށް ލޭބަރުން ގެނައުން މަނާކޮށްފައި އޮންނަތާ ހަތަރު އަހަރު ފަހުން، ބަންގްލަދޭޝަން އަންސްކިލްޑް ލޭބަރުން އަލުން ގެނެވޭ ގޮތަށް, ވަޒީފާއާބެހޭ ގާނޫނާ ޚިލާފަށް މިއަދު ހަދައިފިއެވެ. މިގޮތަށް ނިންމީ މިނިސްޓްރީ އޮފް ހޯމްލޭންޑް އެންޑް ޓެކްނޮލޮޖީންނެވެ.

ވަޒީފާއާބެހޭ ގާނޫނުގައިވާ ގޮތުން، އެއް ގައުމަކުން ރާއްޖެއަށް ވަޒީފާ އަދާކުރުމަށް އެންމެ ގިނައިން މީހުން ގެނެވޭ އަދަދަކީ އެއްލައްކަ މީހުންނެވެ. ރާއްޖޭގައި މިވަގުތު ވެސް 139,220 ބަންގްލަދޭޝް މީހުން މަސައްކަތް ކުރަމުން ދެއެވެ.

ހޯމްލޭންޑު މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، ބަންގްލަދޭޝުން ރާއްޖެއަށް ލޭބަރުން ގެނައުމުގެ ހުއްދަ ދޭން ފެށުމުން، އެހެން ގައުމުތަކުން ރާއްޖެއަށް އަންސްކިލްޑް ލޭބަރުން މިވަގުތު ގެނައުން މަޑުޖައްސާލަފައިވާ ކަމަށެވެ. ނަމަވެސް މިއަދުގެ ނިޔަލަށް އެކްސްޕެޓް އޮންލައިން ސިސްޓަމަށް އަޕްލޯޑްކޮށްފައިވާ ޑޮކިއުމަންޓްތައް ޕްރޮސެސްކޮށްދޭނެ ކަމަށް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

ބަންގްލާދޭޝް ލޭބަރުން ރާއްޖެ ގެނައުން މަނާކުރީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އޭރުގެ ސަރުކާރުން 2019 ވަނަ އަހަރުއެވެ. އޭރުގެ ސަރުކާރުން ކަނޑައެޅީ ކޮންމެ ޤައުމަކުންވެސް ރައްޖެގެނެވޭނީ 150،000 މީހުންކަމަށެވެ. އެޢަދަދަށްބާލައިރު ބަންގްލަދޭޝަންގެ ލޭބަރުންގެ ޢަދަދު ހަމަވާކަމަށް އޭރުގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް ވިދާޅުވެފައިވެއެވެ.

ފައްޔާޒް އޭރު ވިދާޅުވެފައިވަނީ، ބަންގްލަދޭޝްގެ 144،607 މީހަކު ރާއްޖެ އެތެރެވެ، އޭގެ ތެރެއިން 63،000އަށްވުރެ ގިނަމީހުން ޤަވާއިދާ ޚިލާފަށް އުޅެމުން އަންނަކަމަށެވެ.

ހޯމްލޭންޑު މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، މިއަދުން ފެށިގެން ބަނގްލަދޭޝްއިން ރާއްޖެއަށް އަންސްކިލްޑް ލޭބަރުން ގެނެވޭގޮތަށް ސަރުކާރުން ހަމަޖައްސާފައިވާ ކަމަށެެވެ. އަދި އެހެން ގައުމުތަކުން ރާއްޖެއަށް އަންސްކިލްޑް ލޭބަރުން މިވަގުތު ގެނައުން މަޑުޖައްސާލާފައިވާ ކަމަށާއި، ނަމަވެސް މިއަދުގެ ނިޔަލަށް އެކްސްޕެޓް އޮންލައިން ސިސްޓަމަށް އަޕްލޯޑް ކޮށްފައިވާ ޑޮކިއުމަންޓްތައް ޕްރޮސެސް ކޮށްދެމުންގެންދާނެ ކަމަށް ބުނެފައިވެއެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް އިމިގްރޭޝަނުން އަންނަނީ މަސައްކަތްކުރަމުންނެވެ.