ރައީސް މުއިއްޒުއާއި ނާއިބު ރައީސް ސެމްބެ މަގާމުން އަޒުލްކުރާ އިސްލާހަށް ވޯޓަށް އެހުމަށް މާދަމާގެ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.
ރައްޔިތުންގެ މަޖިލިހުގެ އެޖެންޑާގައިވާގޮތުން, މިސަރުކާރުން ވަޒީރުންގެ ގޮތުގައި އައްޔަން ކޮށްފައިވާ ބޭފުޅުންނަށް ރުހުން ދިނުމާއި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ނައިބު ރައީސް، ހުސެއިން މުހައްމަދު ލަތީފު މަގާމުން ދުރު ކުރުމާއި ގުޅޭ ގޮތުން މަޖިލީހުގެ ގަވައިދަށް ބަދަލު ގެންނަން މަޖިލީހުގެ އާންމު ކޮމިޓީން ނިންމި ނިންމުމަށް ވެސް ވޯޓަށް އެހުމަށް މާދަމައަށް ވަނީ ތާވަލް ކޮށްފައެވެ.
ރައްޔިތުްނގެ މަޖިލިހުގެ އާންމު ކޮމިޓީން ނިންމާފައި ވަނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނުމުގައި އެ ވަގުތަކު މެންބަރުންގެ ގޮތުގައި ދެމި ތިބި މެންބަރުންގެ އަދަދު އެއީ ޖުމްލަ އަދަދު ކަމުގައި ބެލުމަށެވެ. ކުރީން އޮތް ގޮތުން މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނުމުގައި އަމަލު ކުރަނީ މަޖިލީހުގެ ޖުމްލަ އަދަދަށެވެ.
މި އިސްލާހު މަޖިލީހުގެ ތަޅުމުން ފާސްވެއްޖެނަމަ، އެމްޑީޕީގައި މިހާރު އޮތް މެޖޯރިޓީން ރައީސާއި ނައިބު ރައީސް މަގާމުން ދުރުކުރުމުގެ ހުރިހާ ބާރެއް އެމްޑީޕީގެ ޕީޖީއަށް ލިބިގެން ދާނެއެވެ. މައްސަލަ ފާސްކުރަން މީގެ ކުރިން 58 މެމްބަރުންގެ ވޯޓު ބޭނުން ނުވި ނަމަވެސް އިސްލާހު ފާސްވެއްޖެނަމަ ބޭނުންވާނީ 54 މެމްބަރުންގެ ވޯޓެވެ. އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުގައި މިވަގުތު ވެސް 56 މެމްބަރުން ތިއްބަވައެވެ.