ބަންގްލަދޭޝްގެ ލޭބަރުން ރާއްޖެ އަންނަން ކުއްލިގޮތަކަށް މިއަދު މިނިސްޓްރީ އޮފް ހޯމްލޭންޑް އެންޑް ޓެކްނޮލޮޖީން އަލުން ހުއްދަ ދިނީ ގާނޫނާ ޚިލާފަށްކަން އެނގުމުން ސަރުކާރުގެ މިނިސްޓްރީތަކުގެ ވެބްސަައިޓްތަކުގައި ހުރި, ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މީހުންނާއި ގުޅުންހުރި ހުރިހާ ރެކޯޑެއް ސަރުކާރުން ޑިލީޓް ކުރަން ފަށައިފިއެވެ.
ބަންގްލަދޭޝުން ރާއްޖެއަށް ލޭބަރުން ގެނައުން މަނާކޮށްފައި އޮންނަތާ ހަތަރު އަހަރު ފަހުން، ބަންގްލަދޭޝަން އަންސްކިލްޑް ލޭބަރުން އަލުން ގެނެވޭ ގޮތަށް ހަދާފައިވަނީ މިއަދުއެވެ. އެހެންނަމަވެސް މިއީ ގާނޫނާ ޚިލާފް ނިންމުމެއްކަން ސަރުކާރަށް އެނގުނީ, ސަރުކާރުގެ މި ނިންމުން ގާނޫނާ ޚިލާފްކަމަށް ކުރީގެ އިނޮކޮމިން މިނިސްޓަރ ފައްޔާޒު އިސްލާއިމް މިއަދު އެކްސްގައި ކުރި ޕޯސްޓުގައި ވިދާޅުވަމުންނެވެ.
އެއަށްފަހު ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭބް ރައްޔިތުންނާއި ގުޅުންހުރި ރެކޯޑްރައް ސަރުކާރުން ޑިލީޓް ކުރަން ފަށާފައިވަނީ ގާނޫނާ ޚިލާފަށް ބަންގްލަދޭޝް މީހުން އެތެރެކުރަން ނިންމި ނިންމުމަށް، އާންމުންގެ ފާޑުކިޔުން އަމާޒުވާން ފެށެމުންނެވެ.
ވަޒީފާއާބެހޭ ގާނޫނުގައިވާ ގޮތުން، އެއް ގައުމަކުން ރާއްޖެއަށް ވަޒީފާ އަދާކުރުމަށް އެންމެ ގިނައިން މީހުން ގެނެވޭ އަދަދަކީ އެއްލައްކަ މީހުންނެވެ. ރާއްޖޭގައި މިވަގުތު ވެސް 139,220 ބަންގްލަދޭޝް މީހުން މަސައްކަތް ކުރަމުން ދެއެވެ.
ހޯމްލޭންޑު މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، މިއަދުން ފެށިގެން ބަނގްލަދޭޝްއިން ރާއްޖެއަށް އަންސްކިލްޑް ލޭބަރުން ގެނެވޭގޮތަށް ސަރުކާރުން ހަމަޖައްސާފައިވާ ކަމަށެެވެ. އަދި އެހެން ގައުމުތަކުން ރާއްޖެއަށް އަންސްކިލްޑް ލޭބަރުން މިވަގުތު ގެނައުން މަޑުޖައްސާލާފައިވާ ކަމަށާއި، ނަމަވެސް މިއަދުގެ ނިޔަލަށް އެކްސްޕެޓް އޮންލައިން ސިސްޓަމަށް އަޕްލޯޑް ކޮށްފައިވާ ޑޮކިއުމަންޓްތައް ޕްރޮސެސް ކޮށްދެމުންގެންދާނެ ކަމަށް ބުނެފައިވެއެވެ.
ބަންގްލާދޭޝް ލޭބަރުން ރާއްޖެ ގެނައުން މަނާކުރީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އޭރުގެ ސަރުކާރުން 2019 ވަނަ އަހަރުއެވެ. އޭރުގެ ސަރުކާރުން ކަނޑައެޅީ ކޮންމެ ޤައުމަކުންވެސް ރައްޖެގެނެވޭނީ 150،000 މީހުންކަމަށެވެ. އެޢަދަދަށްބާލައިރު ބަންގްލަދޭޝަންގެ ލޭބަރުންގެ ޢަދަދު ހަމަވާކަމަށް އޭރުގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް ވިދާޅުވެފައިވެއެވެ.
ފައްޔާޒް އޭރު ވިދާޅުވެފައިވަނީ، ބަންގްލަދޭޝްގެ 144،607 މީހަކު ރާއްޖެ އެތެރެވެ، އޭގެ ތެރެއިން 63،000އަށްވުރެ ގިނަމީހުން ޤަވާއިދާ ޚިލާފަށް އުޅެމުން އަންނަކަމަށެވެ.