ޚަބަރު

މުއިއްޒުއާއި ސެމްބެ އަޒުލްކުރަން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕަށް ހުށަހަޅަނީ

ދިޔަވަރު
މުއިއްޒުއާއި ސެމްބެ އަޒުލްކުރަން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕަށް ހުށަހަޅަނީ

ރައީސުލްޖުމުހީރިއްޔާ އަޒުލްކުރަން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕަށް ހުށަހަޅުއްވާނެ ކަމުގައި އިހަވަންދޫ ދާއިރާގެ އެމްޑީޕީގެ މަޖިލިސް މެމްބަރު ޝިފާއު ވިދާޅުވެއްޖެއެވެ.

މިހާރު ރައްޔިތުންގެ މަޖިލިހަށް ހުށަހެޅިފައިވާ، ރައީސުލްޖުމްހޫރިއްޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޤާމުން އަޒުލުކުރުމާބެހޭ ކަންކަމާއި ގުޅޭގޮތުން މަޖިލިސް ގަވާއިދަށް އިސްލާހު ގެނައުމަށް އާންމު ކޮމިޓީން ފާސްކޮށްފައިވާ އިސްލާހަގެ ރިޕޯޓާއި ގުޅޭގޮތުން މަޖިލިހުގެ ފްލޯގައި މިއަދު ވާހަކަ ދައްކަވަމުން ޝިފާއު ވިދާޅުވީ މި ސަރުކާރުން ޝަރުއީ ދާއިރާއަށް އަތް ބާނާފައިވާ ކަމުގައެވެ.

މިގޮތުން އޭނާ ވިދާޅުވީ ރައީސް ޔާމިނަކީ ވެރިކަމަށް ހުރި ބިރެއްކަމަށް ބަލާ، އަދި ރައީސް ޔާމިނަކީ ގައުމީ ސަލާމަތަށް ހުރި ނުރަކަލެއްކަމަށް ކަނޑައަޅާ، ރައީސް ޔާމިން ޖަލުގެ ތޭރިތަކުގައި ތާށިކޮށްފައި ބެހެއްޓުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ ކަމަށެވެ.

އިއްޒަތްތެރި ރައީސް. އެ ރައީސުލްޖުމުހޫރިއްޔާ ރައީސްކަމަށް ހޮވީ ހުސްގޮނޑީގެ ނަން ޖަހައިގެން އެހުސްގޮނޑިއައްޓަކާ ވޯޓުދިން އެތައް ރައްޔިތުންނެއް އަޅުގަޑުމެން ކައިރީ އެބަ ބުނެއޭ ކޮއްކޯއޭ އަވަސްކުރާކަށް ނުވޭހެއްޔޭ، ކީއްވެހޭ ފަސްތިކުރަނީ، ކީއްވެހޭ ލަސް ތިކުރަނީ.. އިއްޒަތްތެރި ރައީސް، މި ހުށަހެޅުނު އިސްލާހާ ގުޅިގެންވެސް، އަދި ދިވެހި ރައްޔިތުން އެ ފާޅުކުރަމުންދާ ޚިޔާލުތަކާއެކު އަޅުގަޑަށް ޔަގީންވެ ކަށަވަރުވާ ކަމަކީ މިއަދު މި ރައްޔިތުންގެ މަޖިލިހުން ކުރަންޖެހޭ އެންމެ މުހިންމު، އެންމެ އިސްކަމެއް ދޭންވީ މަސައްކަތަކީ މިހާރު ރައީސުލްޖުމުހޫރިއްޔާ އަޒުލްކުރުމުގެ މަސައްކަތް ކަމުގަ. އަޅުގަޑު އިރާދަކުރެއްވިއްޔާ އަޅުގަޑުމެންގެ ޕާލަމެންޓްރީ ގުރޫޕަށް އެމައްސަލަ ހުށަހަޅާނަން.

މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިފާއު ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިފާއު ވިދާޅުވީ އިސްލާހު މަޖިލިހަށް ހުށަހެޅުއްވީ ރައީސުލްޖުމޫރިއްޔާ އަޒުލްކުރުމުގެ އެއްވެސް ވިސްނުމެއް އޮވެގެން ނޫންކަމުގައެވެ. އޭނާ ވިދާޅުވީ އެހެންނަމަވެސް އެ އިސްލާހު ހުށަހެޅިފަހުން އޭނާއާއި ދިމާވާ ރައްޔިތުން ރައީސް އަޒުލްކުރުން ލަސްވެގެން ވާހަކަ ދައްކަމުންދާ ކަމަށާއި، މިސަރުކާރުން ގާނޫނު އަސާސީއާއި ޚިލާފް އެތައްކަމެއް ކުރަމުންދާ ކަމުގައެވެ.

އެގޮތުން އޭނާ ފާހަގަކުރެއްވި އެއްކަމަކީ، ސަރުކާރުން މިހާރު މިނިސްޓްރީތަކުގެ އޮންލައިން ވެބްސައިޓްތަކުން ނައްތާލާފައިވާ ބިދޭސީންގެ ރެކޯޑުތައް ހިމެނޭ މައުލޫމާތުތަކެވެ.

އެހެންގޮތުން އޭނާވިދާޅުވީ ފަޚުރުވެރި ގައުމީ ދިދަ ބުނަމުން ދަނީ މިހާރުގެ ސަރުކާރުން އުމްރާނީ މަދަނީ އެތައް ހައްގުތަކެއް ފޭރެމުންދާކަމަށް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަޒުލުކުރުމަށް ރައްޔިތުންގެ މަޖިލިހުގައި އަމަލު ކުރުމަށް މަޖިލިސް ގަވާއިދުގައި އެކަށައަޅާފައިވާ އުސޫލުތަކަށް ލުއިގެނެސް، އެކަމާއި ގުޅުހުރި މާއްދާތައް އިސްލާހު ކުރުމަށް އިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލިހުގެ ޑިމޮކްރެޓްސް ޕާޓީގެ މެމްބަރި އަލީ އާޒިމްއެވެ.

މި އިސްލާހުގެ ތެރޭގައި ރައީސްއާއި ނައިބު ރައީސް ވަކި ކުރުމާއި ގުޅުންހުރި މަރުހަލާގެ ހަމަތަކަކާއި ތަރުތީބަށް ބަދަލު ގެނެސް، ބައެއް ކަންކަމަށް ވަގުތުތަކެއް ކަނޑައެޅުން ހިމެނެއެވެ.