ޚަބަރު

މިހާތަނަށް, އަބުދުއްރަހީމްގެ އާއިލާގެ 30 މީހަކަށް ސަރުކާރުގެ އިސްމަގާމްތައް ދީފި

ދިޔަވަރު
މިހާތަނަށް, އަބުދުއްރަހީމްގެ އާއިލާގެ 30 މީހަކަށް ސަރުކާރުގެ އިސްމަގާމްތައް ދީފި

ރައީސް މުއިއްޒުގެ އިސް މުޝީރުކަމަށް އައްޔަން ކޮށްފައިވާ, ޕީއެންސީގެ ޗެއަރމަން އަބުއްދުރަހީމްގެ އާއިލާގެ 30 މީހަކަށް މިހާތަނަށް މި ސަރުކާރުގެ އިސް މަގާމްތައް ދީފިއެވެ.

ރައީސް މުއިއްޒުގެ އަރިހުގައި އެންމެ ނުފޫޒުގަދަ ފަރާތްކަމަށް ގިނަ ބަޔަކު ބުނާ އަބުދުއްރަހީމްގެ އާއިލީ ބޭފުޅުން އިސްކޮށްފައިވާ ގިންތި ތަކުގެ ތެރޭގައި ވަޒީރުންގެ މަޖިލީހުން ފެށިގެން ސްޓޭޓް މިނިސްޓަރު ކަމާއި އަދި މިނސިްޓަރުންގެ ނައިބުކަމާއި, ސަރުކާރުގެ ކުންފުނިތަކުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަންފަދަ ބޮޑެތި މުސާރަތައް ހިމެނޭ މަގާމްތައް ހިމެނެއެވެ.

ރައީސް މުއިއްޒު އިސް މުޝީރު އަބުދުއްރަހީމްގެ ދަރިފުޅަށް ވަޒީރުކަން ދެއްވާފައިވާއިރު އަބުދުއްރަހީމްގެ ދޮށީ ބޭބެއަށް ސްޓޭޓް މިނިސްޓރުކަން ވަނީ ދީފިއެވެ.

އަބުދުއްރަހީމްގެ ދަރުފުޅު ޓުއަރިޒަމް މިނިސްޓަރުކަމަށް އައްޔަން ކޮށްފައިވާއިރި, އޭނާއަކީ އެމަގާމް އަދާކުރެވޭވަރުގެ ތައުލީމެއް އަދި ގާބިލްކަމެއް ނެތް ފަރާތެއްކަމަށް ބުނެ އަތައް ބައެއްގެ ފާޑުކިއުން ދަނީ ސަރުކާރަށް އަމާޒު ވަމުންނެވެ. ހަމައެއާއެކު އަބުދުއްރަހީމްގެ ބޭބެ, އިސްމާޢީލް ޢަބްދުﷲ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތްގެ މަގާމަށް އައްޔަން ކޮށްފައިވާއިރު އޭނާއަކީ އެއްވެސް ތައުލީމެއް ހުރި މީހެއް ނޫންކަންވެސް ވަނީ އެނގިފައެވެ.

ސަރުކާރުގެ އިސް މަގާމްތަކަށް އައްޔަންކޮށްފައިވާ, އަބުދުއްރަހީމް އާއީލީ ބޭފުޅުންގެ އަދަދު 30 އަށް އަރާއިރު, އޭގެ އިތުރުން އަބުދުއްރަހީމްގެ ރައްޓެހިންނާއި, އަބުދުއްރަހީމްއާި ޚާއްސަ ގުޅުން އޮންނަކަމަށް ބުނާ އަންހެންކުދީންވެސް ހިމަނައިގެން, އެގޮތުން ދީފައިވާ މަގާމްތަކުގެ އަދަދު އެއްކޮށްލުމުން, އަބުދުއްރަހީމަށް އެކަނި ލިބިފައިވާ މަގާމްތަކުގެ އަދަދު މިހާރު ވަނީ ވަނީ 60 އާއި ގާތް ކޮށްފައެވެ.

ތިރީގައި މިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އަބުދުއްރަހީމަށް ދިނުމަށް ހަމަޖެހިފައިވާ އަދި ހަމަޖައްސާފައިވާ މަގާމްތަކާއި އަދި އަބުދުއްރަހީމްގެ “ލޯޔަލިސްޓުން” އައްޔަން ކުރެވިފައިވާ ބައެއް މަގާމްތަކެވެ.

  1. ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓު (މިނިސްޓަރުން ފެންވަރުގަ) – އަބުދުއްރަހީމް
  2. ޓުއަރިޒަމް މިނިސްޓަރ – ފައިސަލް – އަބުދުއްރަހީމްގެ ދަރިފުޅު
  3. ރައީސް އޮފީހުގެ މިނިސްޓަރ – އަބުދުއްރަހީމްގެ ދަނބި ދަރިފުޅު
  4. މިނިސްޓަރ އޮފް ސްޓޭޓް – ޒުހުރުބާން – އަބުދުއްރަހީމްގެ ފަހަރި
  5. ޑެޕިއުޓީ އެމްބެސެޑަރ, މެލޭޝިއާ އެމްބަސީ – އަބުދުއްރަހީމްގެ ދަނބި ދަރުފުޅު
  6. ސްޓޭޓް މިނިސްޓަރ, އިކޮނޮމިކް މިނިސްޓްރީ – އަބުދުއްރަހީމްގެ އަންހެން ދަރިފުޅު
  7. ފަސްޓް ސެކެޓްރީ, މެލޭޝިއާ އެމްބަސީ – އަބުދުއްރަހީމްގެ އަންހެން ދަރިފުޅުގެ “ބޯއި ފްރެންޑް”
  8. މެނޭޖިން ޑިރެކްޓަރ ޒީނާ ޒާހިރު, އެމްބީސީ – އަބުދުއްރަހީމްގެ ދަނބި ދަރުފުޅުގެ ބޭބެގެ އަންހެނުން
  9. ފިނޭންސް މިނިސްޓަރ – އަބުދުއްރަހީމްގެ ރަށު ބޭފުޅެއް. އޭނާއަކީ އަބުދުއްރަހީމްގެ ތިމާގެ ކުއްޖަކު އިންނަން އުޅޭ ކުއްޖެއްގެ ބޭބެ
  10. އެސްއޯއީތަކުގެ ޑީއެމްޑީންގެ މަގާމްތައް – ގިނަ މަގާމްތަކަށް އަބުދުއްރަހީމް ބޭނުންވާ ބަޔަކު ލާގޮތަށް ވަނީ ހަމަޖެހިފަ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ މިހާތަނަށް މީޑިއާތަކަށް އެނގިފައިވާ, ރައީސް މުއިއްޒުގެ ސަރުކާރުގައި ސީދާ އަބުދުއްރަހީމް ބޭނުންވެގެން, ނުވަތަ ނުފޫޒު ފޯރުވައިގެން ދީފައިހުރި މަގާމް ތަކެވެ. އެހެންނަމަވެސް މީގެ އިތުރުންވެސް އިތުރު ގިނަ މަގާމްތަކަށް އަބުދުއްރަހީމް ބޭނުންވާ ގިނަބަޔަކު އަދިވެސް އައްޔަން ކުރެވިގެންދާނެ ކަމަށް ވަނީ ކަށަވަރުވެފައެވެ.

އެމައުލޫމާތު ލިބުނުހާ އަވަހަކަށް ހިއްސާ ކުރެވޭނެއެވެ.