ޚަބަރު

މުއިއްޒުގެ ކެމްޕޭނަށް 5 ލައްކަ ރުފިޔާ ޚަރަދު ކޮށްދިނީތީ, ފާތިމަތު ޝަފީގަށް އެމްއެމްޕީއާރުސީގެ އެމްޑީކަން ދީފި

ދިޔަވަރު
މުއިއްޒުގެ ކެމްޕޭނަށް 5 ލައްކަ ރުފިޔާ ޚަރަދު ކޮށްދިނީތީ, ފާތިމަތު ޝަފީގަށް އެމްއެމްޕީއާރުސީގެ އެމްޑީކަން ދީފި

ރައީސް މުއްޒުގެ ރިޔާސީ ކެމްޕޭނަށް 575,070 ރުފިޔާ ޚަރަދު ކޮށްދިނުމުގެ ބަދަލެއްގެ ގޮތުން މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ފާތިމަތު ތައުފީގު އައްޔަންކޮށްފިއެވެ.

ރައީސް މުއިއްޒުގެ ރިޔާސީ ކެމްޕޭނަށް ކަރަދު ކޮށްފައިވާ މީހުން ލިސްޓު މިހާރު އާންމު ވެފައިވާއިރު, އެ ލިސްޓުން އެނގޭ ގޮތުގައި ފާތިމަތު ތައުފީގު (ޖަވާހިރުވާދީ, ސ. މަރަދޫފޭދޫ) ވަނީ ރައީސް މުއިއްޒުގެ ކެމްޕޭނަށް 575,070 ޚަރަދު ކޮށްދީފައެވެ.

އޭނާ ވަނީ މީގެ ކުރިން އެންވަޔަރުމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާއި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގައި ވެސް މަސައްކަތް ކޮށްފައެެވެ. އެހެންނަމަވެސް އެތަންތަނުގެ އާދައިގެ ވަޒީފާތަކުގައެވެ.

އަދި ފާތިމަތު ތައުފީގަކީ މީގެ ކުރިން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ އެޑްމިން އެންޑް ޕްރޮކިއުމަންޓް މެނޭޖަރު ކަމުގެ މަގާމާއި ލޮޖިސްޓިކްސް މެނޭޖަރުކަން ކުރައްވާފައިވާ ފަރާތެކެވެ.

އޭނާ އެމްއެމްޕީއާރުސީގެ އެމްޑީކަމަށް އައްޔަން ކުރުމުން, އޭނާއަކީ އެމަގާމަށް އެކަށީގެންވާ ފަރާތެއް ނޫންކަނަށް ބުނެ ގިނަ ބައެއްގެ ފާޑިއުންވަނީ ސަރުކާރަށް އަމާޒު ވެފައެވެ.

Ads by STELCO