ޚަބަރު

މަޖިލީސް އިންތިހާބަށް އިތުރަށް ފައިސާ ހޯދަން ގުޅީފަޅާއި ގިރާވަރުފަޅު އިތުރަށް ހިއްކަން ނިންމައިފި!

ދިޔަވަރު
މަޖިލީސް އިންތިހާބަށް އިތުރަށް ފައިސާ ހޯދަން ގުޅީފަޅާއި ގިރާވަރުފަޅު އިތުރަށް ހިއްކަން ނިންމައިފި!

މުއިއްޒު ބޭނުން ވަނީ، ފުށިދިއްގަރު ފަޅު ހިއްކައިގެން މާލެ މީހުން މާލެއިން ބޭލުމަށެވެ. އަދި ސަރުކާރުން ގުޅީ ފަޅުން ގޯތި ނުދެވޭނެ ކަމަށް މީގެ ކުރިން މުއިއްޒުގެ ހައުސިންގ މިނިސްޓަރ ހައިދަރު ވަނީ ކަނޑައެޅިގެން ބުނެފައެވެ. ތަރައްޤީ ކޮށް، މީހުންނަށް ގޯތި ދިނުމަށް އެއްވެސް ވަރަކަށް މުއިއްޒު ބޭނުން ނުވާ ތަނެއް އިތުރަށް ކުއްލިއަކަށް ހިއްކަން ނިންމީ، އެ ޕްރޮޖެކްޓުންވެސް، ފައިސާ ހޯދުމުގެ ބޭނުމުގައި ކަމަށް މައުލޫމާތު ލިބެއެވެ. މިގޮތަށް ފައިސާ ހޯދާ ގޮތަކީ، މަސައްކަތުގެ ހަމަ އަގަށް ވުރެ އެތައް ގުނައެއް ބޮޑުކޮށް މަސައްކަތް ކުރުމަށް، ބިޑަކާއި ނުލައި ކުންފުންޏަކަށް ފައިސާ ދިނުމަށް ފަހު، ކޮންޓްރެކްޓަރ އަތުން ގަޑުކޮށް އެ ފައިސާ ނަގައިގެންނެވެ.

ފުށިދިއްގަރު ފަޅު ހިއްކުން އިފްތިތާހުކުރަން ބޭއްވި ރަސްމިއްޔާތުގައި މުއިއްޒު ވިދާޅުވީ ގުޅިފަޅަށް 85 ހެކްޓަރުގެ ބިން އަދި ގިރާވަރުފަޅަށް 50 ހެކްޓަރުގެ ބިން އިތުރުކުރަން ނިންމާފައިވާ ކަމަށެވެ. މިއިން އިތުރު 50 މިލިއަން ރުފިޔާ ކަޓުގެ ގޮތުގައި މުއިއްޒު ނަގާނެ ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.