"މިވަގުތު ތިބި ކަމަށް އިމިގްރޭޝަންގެ ބޯޑާ ކޮންޓްރޯލް ސިސްޓަމުން ދައްކަނީ 90،624 ބަންގްލަދޭޝް މަސައްކަތްތެރިން ކަމަށް،" ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ. މިހެން ހާމަ ކޮށްފައިވަނީ މަސައްކަތު މީހުންގެ އަދަދާއި ގުޅޭ ގޮތުން ހުރި އެންމެ ފަހުގެ މައުލޫމާތުތައް ޓްވިޓަރ އިންނާއި، ވެބްސައިޓުން ޑިލީޓު ކޮށް، އެ އަދަދު ފޮރުވުމަށް މަސައްކަތް ކުރުމަށް ފަހުގައެވެ.
ފުހެލާފައިވާ އަދަދު ތަކުން ދައްކާ ގޮތުގައި ރާއްޖޭގައި، ރާއްޖޭގައި 139,220 ބަންގްލަދޭޝް މީހުން މަސައްކަތްކުރެއެވެ. ނަމަވެސް 90،624 މީހުން ތިބިކަމަށް ބުނެ، އިހްސާން އޮޅުވާލާފައިވަނީ އިންސާނީ ވަގު ވިޔަފާރިކޮށް، ގިނަ އަދަދެއްގެ ފައިސާ ހޯދުމަށް ބަންގްލަދޭޝުން މީހުން ގެނައުމަށް ސަރުކާރުތެރޭގައި، އެކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދުއާއި، އަބްދުއްރަހީމްގެ ދަރިފުޅު ޓޫރިޒަމް މިނިސްޓަރ ފައިސަލް އާއި އިމިގްރޭޝަން ކޮންޓްރޯމާއި ގުޅިގެން ހިނގަމުންދާ ވައްކަމެއްގެ ތެރެއިންނެވެ.
މި ގޮތަށް މި ބަދަލު ގެނެސްފައިވަނީ، ފައިސާ ދޮވުމުގެ ކުށުގައި، ރާއްޖެއިން ފޮނުވާލާފައިވާ ބަންގްލަދޭޝް މީހަކު ރާއްޖެއަށް އަލުން އަނބުރާ ގެނައުމަށް، އަބްދުއްރަހީމްގެ ދަރިފުޅު ޓޫރިޒަމް މިނިސްޓަރ ފައިސަލް މަސައްކަތް ކުރަމުން ދަނިކޮށެވެ. އެހެންކަމުން، ގިނަ އަދަދެއްގެ ބޭރު މީހުން މެދުވެރިކޮށް ފައިސާ ގެނެސް، އެ ފައިސާ ދޮވުމުގެ ވިޔަފާރި ހިންގަން އުޅޭ ކަމުގެ ތުހުމަތު އާންމުން ދަނީ ޓޫރިޒަމް މިނިސްޓަރ އަށް ކުރަމުންނެވެ.