ޚަބަރު

މުއިއްޒުއާއި ސެމްބެ އަޒުލުކޮށް, މަޖިލިސް އެއް އަހަަރަށް ދިގު ދަންމާލާ, ކުރިޔަށް އޮތް ދެމަސް ދުވަހުގެ ތެރޭ އާންމު އިންތިޚާބު ބާއްވަނީ!

ދިޔަވަރު
މުއިއްޒުއާއި ސެމްބެ އަޒުލުކޮށް, މަޖިލިސް އެއް އަހަަރަށް ދިގު ދަންމާލާ, ކުރިޔަށް އޮތް ދެމަސް ދުވަހުގެ ތެރޭ އާންމު އިންތިޚާބު ބާއްވަނީ!

ރައްޔިތުންގެ މަޖިލިހުން މިހާރު އިސްލާހު ގެނެސްފައިވާ ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގެ ދަށުން ރައީސް މުއިއްޒުއާއި ނާއިބު ރައީސް ސެމްބެ މަގާމުން އަޒުލްކޮށް, އަޒުލްކުރާ ދުވަހުން ފެށިގެން ކުރިޔަށް އޮންނަ 2 މަސްދުވަހުގެ ތެރޭގައި އާންމު އިންތިޚާބެއް ބޭއްމުވަށް ނިންމާ, އެނިންމުން ވަރަށް އަވަހަށް އެމްޑީޕީގެ ޕީޖީން ރަސްމީކުރުމަށް ނިންމައިފިއެވެ.

އަދި އާންމު އިންތިޚާބަކަށް ދިއުމުގެ ކުރިން, ކުރިަޔށް އޮތް ތަނުގައި ގާނޫނުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް, އިސްލާހީ ގިނަ މަސައްކަތްތަކެއް ކުރަންޖެހޭނެތީ މިހާރުގެ މަޖިލިސްވެސް 1 އަހަރަށް ދިގުދަންމާލަން ނިންމާފައިވާކަމަށްވެސް އެމްޑީޕީގެ ޕީޖީގެ މެމްބަރު ވިދާޅުވެފައި ވެއެވެ.

"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން އެމްޑީޕީގެ ޕީޖީގެ މެމްބަރަކު ކިޔައިދިން ގޮތުގައި, ވެރިކަމަށް ވަޑައިގެންނެވުމާއެކު ރައީސް މުއިއްޒު ވަނީ ގާނޫނު އަސާސީއަށާއި ގާނޫނުތަކަށް ގޮންޖައްސަވަން ފައްޓަވާފައެވެ. އޭގެ އެއްކަމެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވީ ބަޖެޓް ނުލިބެނީސް މި ސަރުކާރުގެ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއު ކަމުގައިވާ ފުށިދިއްގަރު ފަޅު ހިއްކަން ފެށިފެށުމެވެ.

އޭނާ ވިދާޅުވީ, "ފުށިދިއްގަރު ފަޅު" ހިއްކުމަކީ ޤާނޫނު 3/2006 ގެ 32(ރ)ގައި ބަޔާންކުރާގޮތަށް ބަޖެޓްގައި ކަނޑައެޅުނު ޕްރޮގްރާމަކަށް ވެފައި އަދި ޤާނޫނުއަސާސީގެ މާއްދާ 96ން ބަޖެޓުން ޚަރަދުކުރެވޭނީ ފާސްކުރި ކަންކަމަށްކަން އޮއްވާވެސް, ޤާނޫނުތަކަށް ގޮންޖަހާ އެ މަޝްރޫއު މި ސަރުކާރުން ފަށާފައިވަނީ ގާނޫނުތަކަށް ގޮންޖަހާ, ގާނޫނުތަކާއި ކަނޑައެޅިގެން ޚިލާފަށެވެ.

އޭގެ އިތުރަށްވެސް އޭނާ ވިދާޅުވީ މި ސަރުކާރުން ޝަރުއީ ދާއިރާއަށްވެސް އަތް ބާނާފައިވާ ކަމުގައެވެ. މިގޮތުން އޭނާ ވިދާޅުވީ ރައީސް ޔާމިނަކީ ވެރިކަމަށް ހުރި ބިރެއްކަމަށް ބަލާ، އަދި ރައީސް ޔާމިނަކީ ގައުމީ ސަލާމަތަށް ހުރި ނުރަކަލެއްކަމަށް ކަނޑައަޅާ، ރައީސް ޔާމިން ޖަލުގެ ތޭރިތަކުގައި ތާށިކޮށްފައި ބެހެއްޓުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ ކަމަށެވެ.

"ދިޔަވަރު އޮންލައިން"އާއި ވާހަކަ ދެއްކެވު އެމްޑީޕީގެ ޕީޖީގެ މެމްބަރު ވިދާޅުވި ގޮތުގައި ރައީސް މުއިއްޒު އަޒުލް ކުރުމަށް ރައީސް ޔާމިންގެ ތާއީދުވެސް އެބަ އޮތެވެ. އަދި ޑިމޮކްރެޓްސް ޕާޓީގެވެސް ތާއީދުވެސް މިކަމަށް އޮތުމާއެކު, ރައީސް މުއިއްޒު މަގާމުން އަޒުލްކުރުމަށް މަޖިލިހުގެ ތެރެއިން މާބޮޑު ގޮންޖެހުމެއް ނެތްކަންވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބެވި އެމްޑީޕީގެ މެމްބަރުންގެ ވޯޓުން އެކަނި ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކިކުރެވޭ ގޮތް ހަދައި، އެ މަރުހަލާ ވެސް އަވަސްކުރަން މަޖިލީހުގެ ގަވާއިދު މިހާރުވަނީ އިސްލާހުކޮށްފަ އެވެ.

މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނައުމުގެ ކުރިން  އޮތް ގޮތުން ރައީސާއި ނައިބު ރައީސް މަގާމުން ދުރުކުރަން 58 މެމްބަރުންގެ ވޯޓު ބޭނުން ވެއެވެ. އެއީ 87 މެމްބަރުންގެ ޖުމްލަ އަދަދަށް ބަލާ ތިންބައިކޮށްފަ ދެބައިގެ މެމްބަރުންނެވެ.

އެހެންނަމަވެސް އާ ސަރުކާރުގެ އެކި މަގާމްތަކަށް ވަޑައިގަތުމަށް ހަތް މެމްބަރަކު އިސްތިއުފާ ދެއްވާފައިވާ ވާތީ، ކުރިަޔށް އޮތް މަޖިލިސް އިންތިޚާބަށް 6 މަސް ނެތުމުން އެ ގޮނޑިތަކަށް މެމްބަރުން އިންތިޚާބު ކުރާކަށް ނުޖެހެއެވެ.

އެގޮތުން މި ގެނެވުނު ބަދަލާއެކު ރައީސާއި ނާއިބު ރައީސް ވަކިކުރުމަށް "ހުސް ގޮނޑިތައް" މިހާރު ގުނާކަށް ނުޖެހޭނެއެވެ.