ޚަބަރު

ރައީސް، ނައިބު ރައީސް އަދި މިނިސްޓަރުންގެ މުސާރަބޮޑުކުރަން ކޮމިޓީން ފާސްކޮށްފި

ދިޔަވަރު
ރައީސް، ނައިބު ރައީސް އަދި މިނިސްޓަރުންގެ މުސާރަބޮޑުކުރަން ކޮމިޓީން ފާސްކޮށްފި

ރައީސާއި ނައިބު ރައީސާއި ދައުލަތުގެ އިސް މަގާމުތައް ހިމެނޭހެން ރައްޔިތުންގެ މަޖިލީހުން މުސާރަ ކަނޑައަޅާ މަގާމުތަކުގެ މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

މަޖިލިސް ރައީސާއި ނައިބު ރައީސް އަދި މިނިސްޓަރުންނާއި މޭޔަރުންނާއި ކައުންސިލަރުން ވެސް ހިމެނޭ ގޮތަށް މި މަގާމުތަކަށް މުސާރަ ބޮޑުކުރަން އަންނަ އަހަރަށް ލަފާކޮށް ފާސްކުރި ބަޖެޓުގައި ވަނީ ހިމަނައިފަ އެވެ.

މުސާރަ ބޮޑުކުރާނެ ގޮތަކާ މެދު މަޝްވަރާކުރުމަށް ފަހު މާލިއްޔަތު ކޮމިޓީން ނިންމީ ހުރިހާ މަގާމުތަކަށް ވެސް މުސާރަ ބޮޑުކުރާށެވެ. މި ބަދަލުތައް ކޮމިޓީގެ އިއްތިފާގުން މިއަދު ވަނީ ފާސްކޮށްފަ އެވެ.

ކޮމިޓީން ބޮޑުކުރަން ފާސްކުރި ގޮތް

  • ރައީސުލްޖުމްހޫރިއްޔާގެ މުސާރަ 120،000ރ.
  • ރައީސުލްޖުމްހޫރިއްޔާގެ ނައިބު - 93،000ރ.
  • މިނިސްޓަރުން - 72،000ރ.
  • ރައްޔިތުންގެ މަޖިލިސް މެންބަރުން - 80،000ރ.
  • މަޖިލީހުގެ ރައީސް - 90،000ރ.
  • މަޖިލީހުގެ ނައިބު ރައީސް - 88،000ރ.
  • އުއްތަމަ ފަނޑިޔާރު - 91،000ރ.
  • އެމްއެމްއޭ ގަވަރުނަރު - 74،000ރ.
  • އޮޑިޓާ ޖެނެރަލް - 74،000ރ.
  • ޕްރޮސެކިއުޓާ ޖެނެރަލް - 74،000ރ.

މީގެ އިތުރުން ކޯޓުތަކުގެ ފަނޑިޔާރުންނާއި ގާޒީންނާއި މެޖިސްޓްރޭޓުންނާއި މިނިވަން މުވައްސަސާތަކުގެ މެންބަރުންނާއި އިދާރާތަކުގެ ޑިރެކްޓަރުންނާއި ބޯޑު މެންބަރުންނާއި ސިޓީ އަދި ރަށު ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމަށް ވެސް ވަނީ ފާސްކޮށްފަ އެވެ.

ކައުންސިލަރުންގެ އާ މުސާރަ:

  • މޭޔަރު - 46،000ރ.
  • ޑެޕިއުޓީ މޭޔަރު- 40،500ރ.
  • ސިޓީ ކައުންސިލް މެންބަރުން 35،000ރ.
  • އަތޮޅު ކައުންސިލް ރައީސް 33،000ރ.
  • ރަށު ކައުންސިލް ރައީސް 25،500ރ.
  • ރަށު ކައުންސިލް ނައިބުން 20،000ރ.
  • ރަށު ކައުންސިލަރުން 18،000ރ.

ކޮމިޓީން މި ބަދަލު ގެނައި ނަމަވެސް ރައީސާއި ނައިބު ރައީސްގެ މުސާރައިގެ އަދަދު ވަކި ގޮތަކަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާތީ އެކަމަށް އިސްލާހު ގެނައުމަށް ލަފާދިނުމަށް ވެސް ކޮމިޓީން ވަނީ މިއަދު ނިންމައިފަ އެވެ.